ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
2015 ވަނަ އަހަރުގެ އެޗް.އެސް.ސީ އިމްތިޙާނުގެ އިދާރީ މަސައްކަތްކުރާނެ މީހުން ހޯދުން
                                އިޢުލާން
2015 ވަނަ އަހަރުގެ އެޗް. އެސް. ސީ. އިމްތިޙާނުގެ އިދާރީ މަސައްކަތްކުރާނެ މީހުން ހޯދުން:
2015 ވަނަ އަހަރުގެ އެޗް. އެސް. ސީ. އިމްތިޙާނުގެ މާކިންގ ހޯލުގައި އިދާރީ މަސައްކަތްކޮށްދޭނެ އެސިސްޓެންޓް އޮފިސަރުން ބޭނުންވެއެވެ.
ބޭނުންވާ އަދަދު: 20 (ވިހި)
އުޖޫރަ: މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް 35.00 ރުފިޔާ
މުއްދަތު: 2015 ނޮވެންބަރު 24 އިން 2015 ޑިސެންބަރު 24 ގެ ނިޔަލަށް.
ޝަރުޠު: ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު 2015 އޮކްޓޫބަރު 27 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މި ޑިޕާޓްމަންޓަށް ހުށަހެޅުން އެދެމެވެ.
- އިންޓަވިއު ކުރާނީ، ޝޯޓް ލިސްޓް ކުރުމަށްފަހު، އެންމެ މަތިން މާކްސް ލިބޭ 25 މީހުންނާއެވެ.
 - އެޕްލިކޭޝަން ފޯމު، މި ޑިޕާޓްމަންޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ޑިޕާޓްމަންޓުގެ www.dpe.edu.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
 
29 ޛުލްޙިއްޖާ 1436
             13 އޮކްޓޫބަރު 2015
            
        
                    ހޯދާ  
                
                