ޖަމާލުއްދީން ސްކޫލް
ދިވެހިރާއްޖެ
ކައުންސެލަރ ކޯޑިނޭޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ސުކޫލުގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއެވެ.

މަޤާމު

ކައުންސެލަރ ކޯޑިނޭޓަރ (އެސިސްޓެންޓް ޑިރެކްޓަރ/ ސީނިޔަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1)    

މަޤާމުގެ ދާއިރާ

ކައުންސެލިންގެ ދާއިރާއިން ސެޓްފިކެޓް ހާސިލުކޮށްފައިވުން.

ބޭނުންވާ އަދަދު

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ އޮފީސް

ޖަމާލުއްދީން ސްކޫލް

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު

- ކައުންސެލިންގ ޕްރޮގްރާމްތައް ރޭވުމާއި، އެ ޕްރޮގްރާމްތައް ހިންގުމާއި، އެކަމާ ގުޅުންހުރި ހުރިހާ ރެކޯޑްތަކެއް ބެލެހެއްޓުން.

- ކައުންސެލިންގ ބޭނުންވާ ދަރިވަރުން ފާހަގަކޮށް، އެ ދަރިވަރުންނަށް ކައުންސެލިންގ ދެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، އެ ދަރިވަރުންނަށް އަންނަ ބަދަލު ދެނެގަތުމާއި، ކައުންސެލިންގގެ ފްލޯއަޕް ހެދުން.

- ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ މަޢުލޫމާތު ހޯދައި، ދަރިވަރުންނަށް ފޯރުވައިދިނުން.

- ސްކޫލުގެ ފަރާތުން ފާހަގަކުރާ ދުވަސްތަކާއި، ޙަފުލާތަކަށް މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ސްކޫލުން އެދިއްޖެ ކޮންމެ ވަގުތަކު އެއްބާރުލުމާއި އެހީތެރިކަން ދިނުން.

- ސްކޫލުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

މުސާރަ: -/7035 ރުފިޔާ

ސަރވިސް އެލަވަންސް: -/2000 ރުފިޔާ

ރޭންކް: އެމް. އެސް. 3

ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ / ސީނިޔަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1   

އިތުރު ޢިނާޔަތްތައް: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ ޝަރުޠު

1- ކައުންސެލިންގގެ  ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 04 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ކައުންސެލިން ދާއިރާއެއްގައި 04 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- ކައުންސެލިންގގެ  ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3- ކައުންސެލިންގގެ  ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން.  

ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ. އަދި މި ސްކޫލުގެ އޮފީހުންވެސް ލިބެން ހުންނާނެއެވެ.)
  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)
  • ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަޑުޖަހާފައިވާ އަސްލު)
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު/ ސީވީ (ގުޅޭނެ ފޯނު ނަންބަރާއެކު) 
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާ އަދާކުރާނަމަ، ވަޒީފާގައި އުޅޭ ނުވަތަ އުޅުނުކަމުގެ ލިޔުމާއި،  އުޅޭ ވަޒީފާއިން ދޫކުރުމަށް އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

އިންޓަވިއުކުރުން:

* މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން އޮންނާނީ، 22 އޮކްޓޫބަރު 2015 ގެ ފަހުގެ ތާރީޚެއްގައެވެ.

* މި ވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒިފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލެމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއުކުރެވޭނީ، ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ކައުންސެލިންގ ދާއިރާއިން ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މި ސްކޫލުގެ އޮފީހަށެވެ. ފޯމާއި އެހެނިހެން ލިޔުންތައް ހުށައެޅުމުގެ ސުންގަޑިއަކީ 2015 އޮކްޓޫބަރު 21 ވާ ބުދަ ދުވަހުގެ ދުވަހުގެ މެންދުރުފަހު 14.00 ގެ ކުރިންނެވެ.

ނޯޓް:

- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލްކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ 3324415 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

28 ޛުލްޙިއްޖާ 1436

12 އޮކްޓޫބަރު 2015
ހޯދާ