މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި މަތީ ތަޢުލީމު ހޯދަން އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން

އިޢުލާން

 

ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުން

ދިވެހިރާއްޖޭގައި މަތީ ތަޢުލީމު ހޯދަން އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން

 

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫގެ އިޢުލާން ނަންބަރ: (MNU-CA-RG/2025/27އިން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ޑިޕްލޮމާ އިން އެގްރިކަލްޗަރަލް ސައިންސް ކޯހުގެ 10 ފުރުސަތު، ދިވެހި ސަރުކާރާއި ވާރލްޑް ބޭންކް ގުޅިގެން ހިންގާ މަތީގައި ދަންނަވާފައިވާ ޕްރޮޖެކްޓުގެ ދަށުން ސްޕޮންސަރ ކުރުމަށް ހަމަޖެހިފައިވާތީ، މި ސްކޮލަރޝިޕް ހޯދުމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

 

ސްކޮލަރޝިޕްގެ ޝަރުތު:

  1. ޖީ.ސީ.އީ އޯލެވެލްގެ 03 މާއްދާއިން (ބަޔޮލޮޖީ އާއެކު) 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ޙާސިލުކޮށްފައިވުން  އަދި ޖީ.ސީ.އީ އޭލެވެލްގެ 02 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ޙާސިލުކޮށްފައިވުން ނުވަތް ގުޅުންހުރި ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ޙާސިލުކޮށްފައިވުން ނުވަތަ
  2. ލެވެލް 4 ގެ ސަނަދެއް ފުރިހަމަކުރުން (ދާއިރާއިން ގުޅުން ނެތް)، އަދި އެމް.ކިޔު.އޭ އިން ފާސްކޮށްފައިވާ ޔުނިވަރސިޓީ ޕްރިޕްރޭޓަރީ ޕްރޮގްރާމެއް ފުރިހަމަކުރުން ނުވަތަ
  3. އުމުރުން 20 އަހަރު ފުރިހަމަވެ ޖީ.ސީ.އީ އޯލެވެލް ފުރިހަމަކޮށްފައިވުމާއި، މަސައްކަތުގެ ގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، އަދި އެމް.ކިޔު.އޭ އިން ފާސްކޮށްފައިވާ ޔުނިވަރސިޓީ ޕްރިޕްރޭޓަރީ ޕްރޮގްރާމެއް ފުރިހަމަކޮށްފައިވުން.
  4. ސެޓިފައިޑް ޕްރޮފިޝިއެންސީ އިން އިންގްލިޝް (ޖީސީއީ އޯ ލެވެލް/އައިޖީސީއެސްއީ އިނގިރޭސި/އެމްއެންޔޫ އިނގިރޭސި ބަހުގެ ކޮމްޕެޓެންސީ ޓެސްޓް ނުވަތަ އެއާ އެއްވަރުގެ ޓެސްޓް) އެއް ފުރިހަމަކޮށްފައިވުން.

 

އެޕްލިކޭޝަން ފޯމާއި އެކު ހުށަހަޅަންޖެހޭ ތަކެތި:

  1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (އެޓެސްޓް ކުރަންޖެހޭ ލިޔުމެއް ނަމަ އެޓެސްޓް ކުރެވިފައިވާ ކޮޕީ)
  2. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް).
  3. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.  

 

ސްކޮލަރޝިޕުން ކުރެވޭނެ ހަރަދުތައް:

-          ކޯސް ފީ

-          މަންތްލީ އެލަވަންސް (ސްކޮލަރޝިޕްގައި ކިޔަވަމުންދާ މުއްދަތަށް މަހަކު އެއްފަހަރު)

-          ބްލެންޑަޑް މޯޑުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން އަތޮޅުތަކުން ބައިވެރިވާ ދަރިވަރުން މާލެއަށް ކުރާ ދަތުރުތަކުގެ ދެކޮޅު ޓިކެޓާއި އިތުރު އެލަވަންސް އެއް

 

 

އިތުރު މަޢުލޫމާތު:

މި ކޯހަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 18 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މި މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓަށް،(ހ. ޕަލްމޭރާ، 3 ވަނަ ފަންގިފިލާ، ސޯސަން މަގު) ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަނާ އެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅުއްވާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.

 

މި ކޯހަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީމެއިލް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަން ފޯމާއި ލިޔެކިޔުންތައް ބަލައިގަނެވޭނީ ކަނޑައަޅާފައިވާ ސުންގަޑީގެ ނިޔަލަށް ހުށަހަޅާފައި ވާނަމައެވެ. 

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3033484 ނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

 

17 ރަބީޢުލް ޢައްވަލް 1447

09 ސެޕްޓެމްބަރ 2025

 

 

 

 

 

 

 

 

09 ސެޕްޓެންބަރު 2025
ހޯދާ