މޯލްޑިވިއަން ބްލަޑް ސަރވިސަސް
ދިވެހިރާއްޖެ
ކައުންސެލަރ

އިޢުލާން

 މޯލްޑިވިއަން ބްލަޑް ސަރވިސަސްގައި މަސައްކަތްކުރެއްވުމަށް ބޭނުންވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި މަސައްކަތަށް ޤާބިލު މުވައްޒަފުންނެވެ.

މަޤާމު

ކައުންސެލަރ

މަޤާމުގެ ނަންބަރު

-

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޕަބްލިކް ސަރވިސް ރޭންކް 8 - ސްޓެޕް 1

ޑިވިޝަން/ ސެކްޝަން

ތެލަސީމިއާ އެންޑް އަދަރ ހިމޮގްލޯބިނޯޕަތީސް ސެންޓަރ / ކައުންސެލިންގ ސަރވިސަސް

ވަޒީފާ އަދާކުރަންޖެހޭ ތަން

މޯލްޑިވިއަން ބްލަޑް ސަރވިސަސް

މުސާރަ

-/14686 ރުފިޔާ

މަގާމުގެ އެލަވަންސް

-/6854 ރުފިޔާ

ޙާޟިރީ ޢިނާޔަތް

-/185 ރުފިޔާ (މަސައްކަތަށް ޙާޟިރުވާ ދުވަހަކަށް)

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. މުޅި ރާއްޖެއަށް އަމާޒުކޮށް، ތެލަސީމިއާ ބަލިމީހުންގެ ނަފްސާނީ ދުޅަހެޔޮކަން ރައްކާތެރި ކުރުމާއި އަދި ކުރިއެރުވުމުގެ ގޮތުން، ކުރު މުއްދަތުގެ ސަޕޯޓިވް ކައުންސެލިންގ ދިނުމުގެ މަސައްކަތް ޤަވާޢިދުން މަސައްކަތް ފުރިހަމަ ކުރުން.
  2. ތެލަސީމިއާ ބަލިމީހުންގެ ޕްރައިމަރީ މެންޓަލް ސްޓޭޓަސް ސްކްރީން ކުރުމާއި، ބޭސިކް އެސެސްމަންޓް ފުރިހަމަ ކުރުމާއި، އަދި މެޑިކަލް ސްޕެޝަލިސްޓުންނަށް ރިފަރ ކުރަންޖެހޭ ހާލަތްތައް ދެނެގަނެ އެ ޚިދުމަތް ލިބޭނޭގޮތަށް ކައުންސެލިންގ މަސައްކަތްތައް ކުރުން.
  3. ތެލަސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރގައި ހަވާލުކުރެވޭ މަސައްކަތްތައް، ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން އަމިއްލަ އިސްނެގުމާއެކު ފުރިހަމަ ކުރުމާއި އެކަމުގެ ލިޔެކިޔުން/ރިކޯޑްތައް އަދާހަމަކޮށް ބެލެހެއްޓުން އަދި އެލިޔެކިޔުންތަކުން ތަފާސް ހިސާބު އެއްކުރުމާއެކު ރިޕޯރޓުގެ ޑްރާފްޓްތައް ޤަވާޢިދުން ތައްޔާރު ކުރުން.
  4. ތެލެސީމިއާ ބަލިމީހުންނަށާއި އެކުދިންގެ ބެލެނިވެރިންނާއި ޢާއިލާގެ މެންބަރުންނަށް، އެ ބައްޔާ ގުޅިގެން ނަފްސާނީ އަދި އިޖުތިމާޢީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކާއި، ދިރިއުޅުމަށް އަންނަ ބަދަލުތައް ދެނެގަނެ، އެކަންކަމާ ކުރިމަތިލާނެ ގޮތްތަކާއި ބެހޭގޮތުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި އަދި އިވެލުއޭޓް ކުރުން.
  5. ތެލެސީމިއާ ބަލިމީހުންނަށް ކުރިމަތިވެދާނެ ނަފްސާނީ ދަތިތައް ދުރާލާ ދެނެގަނެ، އެފަދަ ކަންކަމަށް އަވަސް ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ފުރިހަމަ ކުރުމާއި އަދި ގިނަ ވަގުތު މަސައްކަތުގައި ހޭދަ ކުރުން.
  6. މުޅި ރާއްޖެއަށް އަމާޒުކޮށްގެން، ތެލެސީމިއާ ބަލިމީހުންނަށާއި އެމީހުންގެ އާއިލާތަކުގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި، އެކަށީގެންވާ ނަފްސާނީ ދުޅަހެޔޮކަމުގެ ޕްރޮގްރާމްތައް ހިންގުމާއި، މެނޭޖްކުރުމާއި އަދި އެޕްރޮގްރާމު ތަކުން ހާސިލްކުރެވޭ ކަންކަން މޮނީޓަރކޮށް އަދި އިވެލުއޭޓް ކުރުމުގައި އެހީތެރިވުން.
  7. ކައުންސިލިންގ ދެވޭ މީހުންނާއި އަދި ދޭންޖެހޭ ރެކޯޑްތައް ބަލަހައްޓައި ރިޕޯރޓްތައް ތައްޔާރުކުރުމާއި، ކައުންސިލިންގ ދިނުމަށް ބޭނުންވާ ތަކެތި ހޯދުމާއި އަދި ތައްޔާރު ކުރުމުގެ މަސައްކަތް ކުރުން.
  8. ތެލެސީމިއާ ފަރުވާ ހޯދާ ފަރާތްތަކަށް، ތެލެސީމިއާގެ ސަބަބުން ދިމާވާ ނަފްސާނީ އަދި އިޖުތިމާޢީ ދަތި  އުނދަގޫތަކަށް ބޭނުންވާ އެކަށީގެންވާ އެހީތެރިކަމާއި ފަރުވާ ދިނުމަށްޓަކައި، ކަމާ ބެހޭ ފަރާތްތަކާ ވިލަރެސްކުރުމާއި، ގުޅިގެން މަސައްކަތް ކުރުމާއި އަދި ގުޅުން ހުރި މަސައްކަތްތައް ކޮންމެ ދުވަހަކު ފުރިހަމަ ކުރުމުގައި ސުޕަވައިޒަރުގެ ހޯދައިގެން ފުރިހަމަ ކުރުން.
  9. ނަފްސާނީ އެހީއާއި އަދި ތެލަސީމިއާ ބަލީގެ ފަރުވާއާ ގުޅޭގޮތުން، ބަލިމީހުންނާއި ބެލެނިވެރިން އަދި މުޖްތަމައުއަށް އެނގުން މުހިންމު މައުލޫމާތު ހިމެނޭ އެޑިއުކޭޝަނަލް މެޓީރިއަލްސް އަދި ހޭލުންތެރިކަމާ ގުޅޭ ޕޯސްޓް، ވީޑިއޯ، އަދި މީސްމީޑިއާ ގުޅޭ މަސައްކަތްތައް ފުރިހަމަކުރުން.
  10. ތެލަސީމިއާ ބަލިމީހުންނާއި އަދި ޚިދުމަތް ހޯދާމީހުންގެ ޞިއްޙީ، ނަފްސާނީ އަދި އިޖުތިމާޢީ މަޢުލޫމާތު ގެ މައްޗަށް ބިނާކޮށް، ކަމާގުޅޭ ޞިއްޙީ ޚިދުމަތްތެރިންނާ ފަންނީ މަޢުލޫމާތު ހިއްސާކުރުމާއި، މެދު ނުކެނޑި ފަރުވާ ކުރިއަށް ގެންދިޔުމަށް އެޕޮއިންޓްމަންޓްސް ހަމަޖެއްސުމުގެ ކަންކަން މަގުފަހި ކުރުމާއި، މަސައްކަތާއި ގުޅޭ ރިކޯޑްތައް ބެލެހެއްޓުމާއި އަދި ވިލަރެސްކުރުން. މީގެ ތެރޭގައި، ބޯންމެރޯ ޓްރާންސްޕްލާންޓު ޚިދުމަތާ ގުޅޭ ފަރުވާއާގުޅޭ މަސައްކަތްތަކުގައި އެހީތެރިވުމާއި، އެނޫންވެސް ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތްތަކާ ގުޅިގެން، ބަލި މީހުންނާއި އަދި އިދާރާތަކާއެކު ވިލަރެސްކުރުމަށް ހަވާލުކުރުމުން އެ މަސައްކަތް ކުރުން.
  11. ތެލަސީމިއާ އެންޑް އަދަރ ހިމޮގްލޯބިނޯޕަތީސްއާ ގުޅޭގޮތުން، ކުރިޔަށް ގެންދަން ޖެހޭ "ޞީއްޙީ ރައްކާތެރިކަމާއި" އަދި "ހޭލުންތެރިކުރުމުގެ" މަސައްކަތްތަކުގައި، ކަމާބެހޭ ސިއްޙީ އިދާރާތަކާއި، މުއައްސަސާތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި އަދި އެހެނިހެން ސެކްޝަންތަކާ ގުޅިގެން މަސައްކަތްތައް ފުރިހަމަ ކުރުން. މީގެ ތެރޭގައި ތެލެސީމިއާ އާއި ގުޅޭގޮތުން އާންމުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކާއި، ސްކްރީނިން ކޭމްޕްތަކާއި، ޞިއްޙީ މައުލޫމާތާ ގުޅޭ ތަޢުލީމު ދިނުމުގެ ސެޝަންތަކާއި، ވޯކްޝޮޕްތައް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވުމާއި، ނަފްސާނީ އަދި އިޖުތިމާޢީ ދާއިރާއިން ފަންނީ ލަފަޔާއި އިރުޝާދު ދިނުން.
  12. ހަވާލު ކުރެވިފައިވާ މަސައްކަތްތަކާ ގުޅޭ ޞިއްރު ހިފަހަށްޓައި، މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމާއެކު ޤަވާޢިދުން އަދާހަމަކޮށް ބެލެހެއްޓުން. އަދި މި މަޢުލޫމާތު ތަކުގެ މައްޗަށް ބިނާކޮށް، ދުވަހު، ހަފްތާއަށް، މަހަށް ނުވަތަ އަހަރަށް ޑްރާފްޓް ރިޕޯޓް އަދި ބައްދަލުވުން ތަކުގެ ޔައުމިއްޔާވެސް ތައްޔާރުކޮށް، މެނޭޖްމަންޓާއި އަދި އެހެނިހެން ކަމާބެހޭ ފަރާތްތަކަށް ހިއްސާކުރުން، އަދި ހުއްދަ ހޯދުން.
  13. ދަށުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މަގު ދެއްކުމާއި، އެފަރާތްތަކުގެ މަސައްކަތްތައް ސުޕަވައިޒްކޮށް ބެލެހެއްޓުން. މީގެ ތެރޭގައި މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ އިރުޝާދުދީ އަދި ތަމްރީނު ދިނުމާއި، މަސައްކަތާ ގުޅޭ ގަވައިދުތަކާއި އަދި އުސޫލުތަކަށް ތަބާވާކަން ކަށަވަރު ކުރުން.
  14. ޑިރެކްޓަރ ޖެނެރަލް ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ފުރިހަމަކުރުމާއި، އަދި ސިއްޚީ އެމަރޖަންސީތަކާއި، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތްތަކުގައި ދޭންޖެހޭ ނަފްސާނީ އެހީތެރިކަމުގެ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވެ، ބޭނުންވާ ފަރާތްތަކަށް ނަފްސާނީ ގޮތުން ދޭންޖެހޭ ފުރަތަމަ އެހީ ފޯރުކޮށްދިނުން.

 

މަޤާމުގެ ޝަރުތުތައް

1. މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ގަބޫލުކުރާ، މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

އަދި

2. މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ގަބޫލުކުރާ، މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަގާމަށް ޢައްޔަންކުރާއިރު ބޭނުންވާލައިސަންސް ތަކާއި ފުރިހަމަކުރުންލާޒިމު ތަމްރީނުތައް:

އެލައިޑް ހެލްތް ކައުންސެލިގައި ރެޖިސްޓަރވެ، ކައުންސެލަރއެއް ކަމުގެ ލައިސަންސް އޮތުން

ތަޢުލީމީ ދާއިރާ:

  • އެޑިކްޝަން ކައުންސެލިންގ
  • އެޕްލައިޑް ބިހޭވިއަރ އެނަލިސިސް
  • ބިހޭވިއަރަލް ސައިކޮލޮޖީ
  • ކްލިނިކަލް މެންޓަލް ހެލްތް ކައުންސެލިންގ
  • ކްލިނިކަލް ސައިކޮތެރަޕީ
  • ކައުންސެލިންގ
  • ކައުންސެލިންގ އެންޑް ސައިކޮތެރަޕީ
  • ކައުންސެލިންގ ޗިލްޑްރަން އެންޑް ޔަންގް ޕީޕަލް
  • ކައުންސެލިންގ ސައިކޮލޮޖީ
  • މެރިޖް އެންޑް ފެމިލީ ކައުންސެލިންގ
  • މެރޭޖް އެންޑް ފެމިލީ ތެރެޕީ
  • މެންޓަލް ހެލްތް ކައުންސެލިންގ
  • ސައިކޯތެރަޕީ
  • ސައިކޮތެރަޕީ ކައުންސެލިންގ
  • ރިހެބިލިޓޭޝަން ކައުންސެލިންގ
  • ސްކޫލް ކައުންސެލިންގ
  • ތެރަޕިއުޓިކް ކައުންސެލިންގ

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • ކައުންސެލިންގ

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންޓިޓިއުޓް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.)

  6. މުއްދަތު ހަމަނުވާ ރަޖިސްޓްރޭޝަން އަދި ލައިސަންސްގެ ކޮޕީ

  7. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

15

ޕްރެޒެންޓޭޝަން

10

އިންޓަރވިއު

30

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 15 ސެޕްޓެމްބަރ 2025 ވާ ހޯމަ ދުވަހު 13:30 ގެ ކުރިން [email protected]   އަށެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު  އަދި        އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، އަދި ޕްރެޒެންޓޭޝަން އޮންނާނީ، ސެޕްޓެމްބަރ މަހުގެ ތެރޭގައި  މޯލްޑިވިއަން ބްލަޑް ސަރވިސަސް އިން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިމްތިޙާނު އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް[email protected]  އަށް ހުށަހަޅަންވާނެއެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  3350155ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected]   އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

09 ސެޕްޓެންބަރު 2025
ހޯދާ