ދިވެހިރާއްޖެ
މި އިދާރާއިން ދޭ މައުލޫމާތާ އެއްގޮތަށް ނޭކުރެންދޫ ކައުންސިލަށް އެކްސްކަވޭޓަރެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 ސެޕްޓެމްބަރ 2025ވާ އަންގާރަ ދުވަހުގެ 13:00ގައި އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު އޮންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ނޭކުރެންދޫ ކައުންސިލަށް އެކްސްކަވޭޓަރެއް ފޯރު ކޮށްދިނުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. ބީލަން ހުޅުވާނީ 30 ސެޕްޓެމްބަރ 2025ވާ އަންގާރަ ދުވަހުގެ 13:00ގައި ނޭކުރެންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
މި މަސައްކަތް ކުރުމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މި މަސައްކަތާ ގުޅޭ އިތުރު މައުލޫމާތު މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.
އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ގުލްސަންޕާގޯޅި، ހދ.ނޭކުރެންދޫ ، ދިވެހިރާއްޖެ
ފޯން: 6520042
އީމެއިލް: [email protected]
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.