މަތިވެރި ސްކޫލް
ދިވެހިރާއްޖެ
ސްޓާފް 2 ފާހާނާ އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އިޢުލާނު

ނަންބަރު: (IUL)GS-152/INDIV/2025/22

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ސްޓާފް 2 ފާހާނާ އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ:

މިސްކޫލުންދޭ މަޢުލޫމާތާއި އެއްގޮތައް 2 ފާހާނާ އިމާރާތް ކޮށްދިނުމަށް ސައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަދި މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

ބީލަމަށް ރަޖިސްޓްރީކުރުން

  • މި މަސައްކަތަށް ޝަޢުޤުވެރިވާ ފަރާތްތަކުން 17 ސެޕްޓެމްބަރ 2025 ވާ ބުދަ ދުވަހުގެ ކުރިން ނަން ނޯޓް ކުރެއްވުން އެދެމެވެ. ނަން ނޯޓް ކުރެއްވުމަށް ގުޅުއްވާނީ 6660816 ނަންބަރާއެވެ. މެއިލް ކުރައްވާ ނަމަ، [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
  • މި ބީލަމުގައި ބައިވެރިވެ ވަޑައިގެންނެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
  • މި ޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

  • މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 17 ސެޕްޓެމްބަރ 2025 ވާ ބުދަ ދުވަހުގެ 14:00 ކުރިން މި ސްކޫލްގެ [email protected] އީމެއިލަށެވެ.
  • މި މަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 18 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިސްކޫލުގެ އިދާރާގައި އޮންނާނެއެވެ. މި ބައްދަލުވުމުގައި މަސައްކަތާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.
  • މިމަސައްކަތާއި ގުޅޭގޮތުން ސާފުކުރަންޖެހޭ އެންމެހާ މަޢުލޫމާތެއް ސާފުކުރުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

ބީލަން ހުށައެޅުން

 

  • ބީލަން ބަލާގަތުމާއި ހުޅުވުން އޮންނާނީ 22 ސެޕްޓެމްބަރ 2025 ވާ ހޯމަ ދުވަހުގެ 13:00 ގައި މި ސްކޫލް އިދާރާގައެވެ.
  • ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
  • ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 ބިޑެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

17 ރަބީޢުލްއައްވަލް 1447

                            9 ސެޕްޓެމްބަރ 2025                               

         ޙަސަން ޙަމީދު އިބްރާހީމް

           ޕްރިންސިޕަލް  

09 ސެޕްޓެންބަރު 2025
ހޯދާ