ދިވެހިރާއްޖެ
އިޢުލާން
"ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ޘަޤާފީ މައުރަޒު 2025" ބައިވެރިވުމުގެ މުއްދަތު އިތުރުކުރުން
ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ "ކޮމަންވެލްތް ބީޗްހޭންޑް ބޯޅަ މުބާރާތް 2025" ކުރިއަށްދާ ވަގުތު، ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން 19 ސެޕްޓެމްބަރ 2025 ވަނަ ދުވަހު ހަވީރު (ދުވަސް ބަދަލުވެފައި) ބޭއްވުމަށް ހަމަޖެހިފައިވާ ތަޤާފީ މައުރަޒްގައި ހިމެނޭ އަންނަނިވި ކެޓަގަރީތަކުން އެއްވެސް ފަރާތެއް ބައިވެރިވެފައިނުވާތީ، އެކެޓަގަރީތަކުން ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް މުއްދަތު އިތުރުކުރުމަށްވަނީ ހަމަޖެހިފައެވެ.
ކެޓަގަރީތައް:
- ރާވެރިކަން (ރާވެރިކަންކުރާގޮތް ކިޔާދިނުމާއި ރާވެރިކަން ކުރުމަށް ބޭނުންވާނެ ތަކެތި އަދި ރަލުން ތައްޔާރުކުރާ ތަކެތި ދައްކާލުން)
- ހާލުފޮޅި އެޅުން (ހާލުފޮޅި އަޅާތަން ދެއްކުން)
- ވަޑާންކުރުން (މިމަސައްކަތް ކުރާގޮތް ދައްކާލުން އަދި ތައްޔާރުކޮށްފައިވާ ބައެއް ތަކެތި ދައްކާލުން)
- މަސް ކެއްކުން (ރިހާކުރު ތައްޔާރުކުރުން، މަސް ވަޅޯކުރުން)
- ތާސްއެޅުން (ތާސްއެޅުމުގެ މަސައްކަތް ކުރާގޮތް ދައްކާލުން އަދި ތައްޔާރުކޮށްފައިވާ ބައެއް ތަކެތި ދައްކާލުން)
- މައުރަޒުގެ އެންޓްރެންސް ހެދުން (މައުރަޒުގެ އެންޓްރެންސްގެ ކޮންސެލްޓް ޑިޒައިނެއް ހުށައަޅައިދޭންވާނެއެވެ.)
ވީމާ، މިމައުރަޒުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، 10 ސެޕްޓެމްބަރ 2025 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން، ރަޖިސްޓަރ ވުމަށް ދަންނަވަމެވެ. ރަޖިސްޓްރީ ފޯމު ކައުންސިލުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.
މި މައުރަޒާއި ބެހޭ މަޢުލޫމާތު، މިއިޢުލާނާއެކު ޢާއްމު ކޮށްފައިވާ "ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ޘަޤާފީ މައުރަޒު 2025 ގެ އުޞޫލު" ގައި ބަޔާން ކޮށްފައިވާނެއެވެ.
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6527214 އަށް ގުޅުއްވުން އެދެމެވެ.