ދިވެހިރާއްޖެ
މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް ސްކޫލުގެ އޮފީސް އިމާރާތް މަރާމާތުކުރަން ބޭނުންވެއެވެ.
ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚަށް ހިރިމަރަދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، ސްކޫލުގެ އީމެއިލް [email protected] އަށް މެއިލްކޮށްގެން (މެއިލްކޮށްފިނަމަ ސްކޫލަށް މެއިލް ލިބުންކަން ކަށަވަރު ކުރަށްވާނެ) ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުމަށް ދަންނަވަމެވެ. މެއިލް ފޮނުވަންޖެހޭ މުއްދަތަކީ މިއިޢުލާން ގެޒެޓްކުރާ ވަގުތުން ފެށިގެން 16 ސެޕްޓެމްބަރ 2025 ގެ 11:30 އަށެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކޮށް ޕްރިބިޑް މީޓިންގއަށް ހާޒިރުވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުމަށް ފޮނުވާ އީމެއިލް ގައި ، އިޢުލާން ނަންބަރ ، ގުޅޭނެ ފޯނު ނަންބަރާއި މީހާގެ ފުރިހަމަ ނަމާއި އެޑްރެސް ޖެހުމަށް ފަހު ވިޔަފާރީ ރަޖިސްޓްރީގެ ކޮޕީ އެއް އެޓޭޗް ކުރެވިފައިއޮންނަށްވާނެއެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
18 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް |
21 ސެޕްޓެމްބަރ 2025 ވާ އާދިއްތަ ދުވަހުގެ 13:30 އަށް |
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 9:00 އިން 13:00 އަށް 6520536 ނަންބަރު ފޯނާއެވެ.
މި މަސައްކަތަށް ބީލަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށެވެ.
09 ސެޕްޓެމްބަރ 2025