ދިވެހިރާއްޖެ
އިއުލާން ނަންބަރު (IUL)459-DR/459/2025/39 އާއި ހަވާލާދީ އިއުލާނަށް އިސްލާޙް ގެންނަމެވެ.
1. ތަޢާރަފު
ދިވެހިރާއްޖޭގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތައް މާކެޓް ކުރުމަށް ރަސްމީ ލޯގޯއެއް ފަރުމާކުރުމަށް ހުޅުވާލަމެވެ. މި ލޯގޯ ބޭނުންކުރާނީ ދިވެހިރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އުފައްދާ އަމިއްލަ ތަކެތި ވިއްކުމަށް ބޭނުންކުރާ ބްރޭންޑް ލޯގޯއެއްގެ ގޮތުގައެވެ.
2. ލޯގޯގެ މަޤްޞަދު
(ހ) ދިވެހިރާއްޖޭގެ ނުކުޅެދުންތެރިކަން ހުންނަ މީހުން އުފައްދާ އުފެއްދުންތައް މާކެޓުކުރާނެ ބްރޭންޑެއް އޮތުމާއި، މި އުފެއްދުންތައް ދައުރުކުރެވޭނެ މަގު ތަނަވަސް ކޮށްދިނުން.
(ށ) ނުކުޅެދުނއްތެރިކަން ހުންނަ ފަރާތްތަކަކީ އުފެއްދުންތެރި ފަރާތްތަކެއްކަން މުޖުތަމައުއަށް އެންގުމާއި، އެފަރާތްތަކުގެ ހުނަރު ތަރައްޤީ ކުރުމާއި އާމްދަނީއަށް މަސައްކަތްކުރުމުގެ ފުރުޞަތު ފަހިކޮށްދިނުން.
(ނ) ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހިންގާ ކުދި ވިޔަފާރި ތަކުގައި އުފެއްދުންތަކަށް ބޭނުންކުރާނެ ޕެކޭޖިންގ، ލޭބަލް، އަދި ޕްރޮމޯޝަނަލް މެޓީރިއަލް ގޮތުގައި ބޭނުންކުރުން.
3. ކުރެހުންތެރިންގެ ޝަރުތުތައް
(ހ) ދިވެހި ރައްޔިތަކަށްވުން.
(ށ) 16 އަހަރުން މަތީގެ ފަރާތަކަށްވުން.
(ނ) ހުށަހެޅޭ ޑިޒައިން އަކީ އެފަރާތެއްގެ އަމިއްލަ މަސައްކަތްތަކަކަށްވުން
(އޭ.އައި އިން އުފައްދާ ޑިޒައިން ބަލައި ނުގަނެވޭނެ).
އެހެނިހެން ޝަރުޠު:
(ރ) ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްނަމަ އެ ފަރާތަކީ ދިވެހިރާއްޖޭގެ 'ނޭޝަނަލް ޑިސްއެބިލިޓީ ރަޖިސްޓްރީ'
(އެން. އެސް. ޕީ. އޭ) ގައި ދަފްތަރު ވެފައި ވުން، ނުވަތަ އެފަދަ ފަރާތެއްގެ ބެލެނިވެރިޔާ ނަމަ، ބެލެނިވެރިޔާ ގޮތުގައި 'ނޭޝަނަލް ޑިސްއެބިލިޓީ ރަޖިސްޓްރީ' ގައި ރެޖިސްޓަރ ވެފައިވާ ފަރާތަކަށްވުން.
4. ލޯގޯ ފަރުމާ ކުރުމުގައި ބަލަންވީ ކަންތައްތައް
(ހ) ދިވެހިރާއްޖޭގެ ޘަގާފަތާއި ދިވެހިވަންތަކަން ދައްކުވައިދިނުން.
(ށ) އިސްލާމްދީނާ ޚިލާފު އެއްވެސް މަންޒަރެއް ނުވަތަ ނިޝާނެއް ނުހިމެނުން.
(ނ) ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ރަމްޒުކޮށްދިނުމާއި މަސައްކަތްތެރިކަމާއި ހުނަރު ދައްކުވައިދިނުން.
(ރ) ލޯގޯގެ ކުރެހުން ސާފުކޮށް، އަދި އެކި ބޭނުންތަކަށް (ޑިޖިޓަލް އަދި ޕްރިންޓް) ސްކޭލް ކުރެވޭ ގޮތައް ހުރުން.
(ބ) ލޯގޯއަކީ އެއް ކުލައަކުން އަދި އެއް ކުލައަކަށްވުރެ ގިނަ ކުލައިންވެސް ބޭނުން ކުރެވޭ ލޯގޯއެއް ކަމުގައި ވުން.
5. ލޯގޯ ހުށަހެޅުމުގެ ގަވާއިދު
(ހ) ލޯގޯ ހުންނަން ވާނީ ހައި ރިޒޮލިއުޝަން އިމޭޖް އަދި ވެކްޓަރ ފޯމެޓެއްގައެވެ.
(ށ) ލޯގޯ ހުށަހަޅަންވާނީ ހައި ރިޒޮލިއުޝަންކޮށް، (PNG / JPG) އަދި ވެކްޓަރ ފޯމެޓް ގައި
(EPS / SVG) ފޯމެޓަށެވެ.
(ނ) ލޯގޯ ފައިލްއާއެކު އަންނަވިނި މައުލޫމާތު ހުށަހަޅަންވާނެއެވެ:
- ލޯގޯގެ ޑިޒައިނާއެކު ހުށަހަޅާ ފޯމު (އިނގިރޭސި އަދި ދިވެހި ފޯމެޓު އިއުލާނާއި އެކު ހިމެނިފައިވާނެ)
- އައިޑީ ކާޑު ކޮޕީ
- ނުކުޅެދުންތެރިކަން އަންގައިދޭ ކާޑު/ ލިޔުން
(ރ) އީމެއިލް މެދުވެރިކޮށް ހުށަހަޅާނަމަ ފޮނުވާނީ [email protected] އަށެވެ.
(ބ) ހުށަހެޅުމުގެ ސުންގަޑި: 15 އޮކްޓޫބަރ 2025 23:59 ގެ ކުރިން.
6. ލޯގޯ ހޮވުން
(ހ) ލޯގޯތައް މިންކުރާނީ އިޖުތިމާއީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އެކުލަވާލާ ޖަޖިންގ ޕެނަލުންނެވެ.
(ށ) ހުށަހެޅުންތައް މިންކުރާނީ، އުފެއްދުންތެރިކަމާއި، ލޯގޯއިން ހާސިލްކުރަން ބޭނުންވާ މަޤްޞަދު ރަމްޒުކޮށްދޭ މިންވަރާއި، ޖުމްލަ ބޭނުންތެރިކަމުގެ މައްޗަށް ބިނާކޮށެވެ.
(ނ) ހޮވޭ ލޯގޯއަށް 5000ރ ފައިސާގެ އިނާމާއި ހަނދާނީލިޔުން ދެވޭނެއެވެ.
(ރ) ހޮވޭ ލޯގޯ ވެގެންދާނީ އިޖުތިމާއީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ ގެ ފިކުރީ މުދަލެއް ކަމުގައެވެ.
އަދި މި ވުޒާރާގެ ރަސްމީ ބޭނުންތަކަށް ހޮވޭ ލޯގޯގެ އަސްލު ނުގެއްލޭ ވަރުގެ ކުދި ބަދަލުތަކެއް ގެނެވިދާނެއެވެ.
7. ލޯގޯ ހޮވުމުގައި މިންކުރެވޭނެ ގޮތް
މިންގަނޑު |
ސްކޯރިންގ |
ލޯގޯގެ މަޤްޞަދު ދޭހަވާ މިންވަރު |
30 |
އަމިއްލަ އުފެއްދުންތެރިކަން ދައްކުވާދޭ މިންވަރު |
25 |
ދިވެހިވަންތަކަން ދައްކުވައިދޭ މިންވަރު |
15 |
އެކި ސްކޭލަށް، އަދި އަދި ކުލަކުލައަށް ބަދަލު ކުރެވޭ މިންވަރު |
10 |
ލޯގޯގެ ކުރެހުން ސާފުކޮށް ފަހުމްވާ މިންވަރު |
10 |
ލޯގޯ ކުރެހި ފަރާތަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށްވުން/ ބެލެނިވެރިޔާއަށް ވުން |
10 |
ޖުމްލަ |
100 |
8. އިތުރު މައުލޫމާތު އޮޅުންފިލުވުން:
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ވައިބަރ 7206558 ނުވަތަ މިނިސްޓްރީ ހޮޓްލައިން 1433
(ރަސްމީ ދުވަސްތަކުގައި 08:00 އާއި 14:00 އާއި ދެމެދު.)
9. ސުންގަޑި
(ހ) ހުށަހަޅާ ސުންގަޑި: 15 އޮކްޓޫބަރ 2025
(ށ) ލޯގޯ ހޮވުން: ސުންގަޑީގެ ފަހުން 1 ހަފްތާ އާއި 2 ހަފްތާއާ ދެމެދުގެ މުއްދަތެއްގައި
* ހޮވޭ ލޯގޯ އިއުލާންކޮށް އިނާމް ހަވާލުކުރެވޭނެ ތާރީޙޭއް މިވުޒާރާއިން އަންގާނެ