ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ހިއުމަން ރިސޯސް އޮފިސަރ

މަޤާމް :ހިއުމަން ރިސޯސް އޮފިސަރ
ބޭނުންވާ އަދަދު :3

މި ކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

 މަޤާމް:

 ހިއުމަން ރިސޯސް އޮފިސަރ

 ބޭނުންވާ އަދަދު:

 03 (ތިނެއް)

 މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

 ކްލެސިފިކޭޝަން / ރޭންކް:

 އޮފިސަރ - ގްރޭޑް 1

 އަސާސީ މުސާރަ:

 މަހަކު -/5,500.00 ރުފިޔާ

 އެހެނިހެން ޢިނާޔަތްތައް

 - ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

 - ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ 25%

 - ލިވިންގ އެލަވަންސް: އަސާސީ މުސާރައިގެ 15%

 - އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ    ދެވޭނެއެވެ.

 - މީގެ އިތުރަށް ޕްރޮފެޝަނަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35          އިންސައްތަ،  މަޤާމާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ   ލެވެލް 5 އިން މަތީ ސަނަދެއް ޙާސިލުކޮށްފައިވާނަމަ ދެވޭނެއެވެ.

 ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑް އޮފީސް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ   އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

 ފެންވަރު ނުވަތަ ޝަރުތު:

 - އޭ ލެވެލް ނިންމާފައިވުން ނުވަތަ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ލެވެލް 4 ގެ   ސަނަދެއް  ލިބިފައިވުން ނުވަތަ،

 - ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 01     އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 ވަޒިފާގައި ކުރަންޖެހޭ   މައިގަނޑު މަސައްކަތްތައް:

 -  ވަޒީފާ ދިނުމާއި/ ބަދަލުކުރުމާއި/ ވަކި ކުރުމުގެ މަސައްކަތްތައް ކޯޕަރޭޝަންގެ ޤަވާއިދުތަކާ     އެއްގޮތްވާ ގޮތުގެމަތިން ކުރުން.

 -  މުވައްޒަފުން ހޮވުމަށް ކުރަންޖެހޭ އިޢުލާންތައް ކުރުމާއި، އިންޓަވިއު ކުރުން.

 - ވަޒީފާ ދޭ މުވައްޒަފުންނާއި ވަކިކުރާ މުވައްޒަފުންގެ މަޢުލޫމާތު އެޗް.އާރު ސިސްޓަމަށް އެޅުން.

 - ވަޒީފާގެ ބަޔާން ތައްޔާރުކޮށް، ކަމާބެހޭ މުވައްޒަފުން ލައްވައި ސޮއިކުރުވައި ވަޒީފާގެ ޗިޓްތައް   ކަމާބެހޭ ފަރާތްތަކާއި ޙަވާލުކޮށް އެ ލިޔުންތައް ފައިލުކޮށް ބަލަހައްޓަމުންދޭތޯ ވިލަރެސްކުރުމާއެކު   އެހީތެރިކަން ދިނުން.

 - މުވައްޒަފުންގެ ޕާރސަނަލް ފައިލްތައް ހަދައި، އަޕްޑޭޓްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.

 - ކޯޕަރޭޝަންގެ ބިދޭސީ މުވައްޒަފުންނާއި ގުޅުންހުރި އެޗް.އާރު މަސައްކަތްކުރުން.

 - ބިދޭސީ މުވައްޒަފުންގެ ވިސާ އަދި ވާރކް ޕާމިޓްއާއި ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ   މަސައްކަތްތައް ކުރުން.

 - މުވައްޒަފުންގެ އިވަލުއޭޝަނާއި ބެހޭ އެންމެހާ ކަންތައްތަކުގައި އެހީތެރިވެދިނުން.

 - މުވައްޒަފުންގެ މުސާރަ ހެދުމާއި މުސާރައާ ގުޅޭ ރިޕޯޓްތައް ތައްޔާރު ކުރުން.

 - މަސައްކަތުގެ ދާއިރާގައި ޙަވާލުކުރެވޭ އެހެނިހެން ކަންކަން ބެލެހެއްޓުން

 ސުންގަޑި:

 - މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 14 ސެޕްޓެމްބަރ   2025 ވާ އާދިއްތަ ދުވަހުގެ 16:00 ގެ ކުރިން، މިކޯޕަރޭޝަންގެ ހެޑް އޮފީހަށް ނުވަތަ   ހިއުމަން  ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected]  އަށް ފޮނުއްވުން އެދެމެވެ.

 - ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަންގެ ވެބްސައިޓް  www.rdc.com.mv  އިން   ޑައުންލޯޑް  ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް   ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި   އިޢުލާނާއެކު  ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން   ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް   އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ވަޒިފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތުތައް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  6. ޕޮލިސް ރިފޯޓް. (މުއްދަތު ހަމަނުވާ)

 ނޯޓް:  މި އިޢުލާނާ ގުޅިގެން އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ފޯމުތައް   ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf)  ފޯމެޓްގައި އެކަނި ކަމުގައި   ދެންނެވީމެވެ.އަދި މިގޮތަށް އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ   ޕީ.ޑީ.އެފް (pdf)  ފައިލުގައި އެޕްލިކޭޝަން ފޯމް ހުށައަޅާ ފަރާތުގެ ނަމާއި އިޢުލާން ނަންބަރު   ޖެހުމަށް ދަންނަވަމެވެ.

 އިންޓަވިއު:

 - އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ   ފަރާތްތަކަށް އެކަންޏެވެ.

 - މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ   ފަރާތްތަކުގެ  ފޯމުތައް ބާޠިލްކުރެވޭނެއެވެ.

 - މި މަޤާމުތަކަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ސެޕްޓެމްބަރ / އޮކްޓޯބަރ   މަހުގެ  ތާރީޚެއްގައެވެ.

 އިތުރު މަޢުލޫމާތު: 

 އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް   ގުޅުއްވުން އެދެމެވެ.

 16 ރަބީޢުލްއައްވަލް 1447

08 ސެޕްޓެންބަރު 2025
ހޯދާ