މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމްތަކުގައި ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލް އަދި އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ. މި ވަޒީފާތަކަކީ ދެ ޖިންސުގެ މީހުންނަށް ވެސް ހަމަހަމަ ފުރުޞަތު އޮތް ވަޒީފާތަކެކެވެ.

މަޤާމް:

ކޯބޭންކިންގ ސޮލިއުޝަން ކޮންސަލްޓަންޓް

ސެކްޝަން/ޑިވިޜަން:

ބޭންކިންގ ސަރވިސަސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

މި މަޤާމަށް ބޭނުންވާ ތަޢުލީމީ ފެންވަރު، ތަޖުރިބާ އަދި ހުނަރު މި އިޢުލާނާއެކު ހިމަނާފައިވާ ޓަރމްސް އޮފް ރިފަރެންސްގައި ބަޔާންކޮށްފައިވާނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

މި މަޤާމުގެ މަސްޢޫލިއްޔަތުތައް މި އިޢުލާނާއެކު ހިމަނާފައިވާ ޓަރމްސް އޮފް ރިފަރެންސްގައި ބަޔާންކޮށްފައިވާނެއެވެ.

މުސާރަޔާއި އިނާޔަތްތައް

40,000.00 - 50,000.00 ރުފިޔާ

މަޤާމް:

ރިސަރޗް އެނަލިސްޓް

ސެކްޝަން/ޑިވިޜަން:

އިކޮނޮމިކް ސަރވައިލަންސް ސެކްޝަން / މަނިޓަރީ ޕޮލިސީ އެންޑް އިކޮނޮމިކްސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • އިކޮނޮމިކްސް ނުވަތަ އިކޮނޮމެޓްރިކްސް ނުވަތަ ފައިނޭންސް ނުވަތަ ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުމާއެކު ދާއިރާގައި މަދުވެގެން 3 (ތިނެއް) އަހަރު މަސައްކަތްކޮށްފައިވުން ނުވަތަ،
  • އިކޮނޮމިކްސް ނުވަތަ އިކޮނޮމެޓްރިކްސް ނުވަތަ ފައިނޭންސް ނުވަތަ ގުޅުންހުރި ދާއިރާއިން މާސްޓާރސް ޑިގްރީ ހާސިލްކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ދިވެހިރާއްޖެއާއި ބައިނަލްއަޤްވާމީ އިޤްތިޞާދާ ގުޅުންހުރި ކަންކަން މޮނިޓަރކުރުން.
  • ކުއާޓަރލީ ބިޒްނަސް ސާރވޭފަދަ ސާރވޭތައް ކުރުމާއި، އިކޮނޮމިކް ބުލެޓިން އަދި އެމްއެމްއޭގެ އަހަރީ ރިޕޯޓަށް ބޭނުންވާ ލިތުންތައްް ޑްރާފްޓްކުރުމުގައި އެހީތެރިކަންދިނުމާއި ޕޮލިސީ ބްރީފްތަކާއި ރިޕޯޓްތައް ޑްރާފްޓްކުރުމާއި ރިވިއުކުރުން.
  • ސަރުކާރުގެ ބަޖެޓާ ގުޅޭގޮތުން އެމްއެމްއޭގެ ރައުޔު ތައްޔާރުކުރުމަށް އެހީތެރިވެދިނުން.
  • އިޤްތިޞާދީ ދިރާސާތަކާއި ތަޙުލީލުތައް ކުރުމާއި، ބޭނުންވާ ފަންނީ ކަރުދާސްތައް ތައްޔާރުކުރުމާއެކު އިޤްތިޞާދީ ތަރައްޤީތަކާ ގުޅޭ ބައްދަލުވުންތަކަށް ބޭނުންވާ ޕްރެޒެންޓޭޝަންފަދަ ލިޔުންތައް ތައްޔާރުކުރުން.
  • ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކަށް ރާއްޖޭގެ އިޤްތިޞާދާ ބެހޭ އަޕްޑޭޓްތައް ފޯރުކޮށްދިނުމާއި ޕަބްލިކޭޝަންތަކަށް ބޭނުންވާ ލިޔުންތައް ޑްރަފްޓްކުރުން.
  • އައިއެމްއެފް، ވޯލްޑް ބޭންކް އަދި އެހެނިހެން މަރުކަޒީ ބޭންކުތައް ފަދަ ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި އިދާރާތަކާ ގުޅޭ މަސައްކަތްތައް ކޯޑިނޭޓްކުރުމުގައި އެހީތެރިވުން.

މުސާރަޔާއި އިނާޔަތްތައް

26,000.00 – 27,800.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ސެކްޝަން/ޑިވިޜަން:

ޕްރޮކިޔުމަންޓް ސެކްޝަން / ޖެނެރަލް ސަރވިސަސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

ބިޒްނަސް މެނޭޖްމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ އެކައުންޓިންގް ނުވަތަ ފައިނޭންސް ނުވަތަ ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ޕަރޗޭސް ރިކުއިޒިޝަންތަކާއި ޕަރޗޭސް އޯޑަރުތައް އެންޓަޕްރައިސް ރިސޯސް މެނޭޖްމަންޓް (އީއާރުޕީ) ސިސްޓަމް މެދުވެރިކޮށް ޕްރޮސެސްކުރުން.
  • ސަޕްލަޔަރުންގެ ކޯޓޭޝަންތައް ހޯދުމާއި އެފަރާތްތަކުގެ އިންވޮއިސްތައް ބަލައިގަނެ ޕްރޮސެސްކުރުމާއި ސަޕްލަޔަރ ކޮންޓްރެކްޓްތައް ތައްޔާރުކުރުން.
  • ގަނެ ވިއްކުމުގެ އުސޫލުތަކާއި ގަވާއިދުތަކާއި އަދި ބެސްޓް ޕްރެކްޓިސްތަކާއި އެއްގޮތަށް ޢަމަލުކުރުމާއި، އެކަންކަމުގެ މަޢުލޫމާތު ދެމެހެއްޓުން.
  • ބިޑް އިވެލުއޭޝަން ލިޔެކިޔުންތައް ތައްޔާރުކުރުމާއި ބިޑް ބައްދަލުވުންތަކުގައި ބައިވެރިވުން.
  • މެމޯތަކާއި ބައްދަލުވުންތަކުގެ ލިޔެކިޔުންތައް ތައްޔާރުކުރުމާއި ފައިލްކުރުންފަދަ އިދާރީ އެންމެހައި މަސައްކަތްތައް ކުރުން.

މުސާރަޔާއި އިނާޔަތްތައް

19,000.00 - 20,800.00 ރުފިޔާ

 

  

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ޑިގްރީ/މާސްޓަރސް ސެޓްފިކެޓް އެކްރެޑިޓްކުރުމަށްފަހު) އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް

ސުންގަޑި

18 ސެޕްޓެންބަރު 2025 ވަނަ ދުވަހުގެ މެންދުރުފަހު 15:00 އަށް

 

ނޯޓް: ވަޒީފާތަކަށް ކުރިމަތިލުމަށް ބޭނުންކުރައްވާނީ careers.mma.gov.mv މި ލިންކްގައިވާ ޕޯޓަލްއެވެ. އަދި މި ވަޒީފާތަކާ ބެހޭ އިތުރު މަޢުލޫމާތާއި ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އެޕްލިކޭޝަން ސްޓޭޓަސް މި ޕޯޓަލްއިން ފެނިވަޑައިގަންނަވާނެއެވެ.

08 ސެޕްޓެންބަރު 2025
ހޯދާ