ދިވެހިރާއްޖެ
ނަންބަރު : (IUL)ASMH-Procure/ASMH/2025/76
އިޢުލާން
އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުން
އިންޑިއާ ސަރުކާރުގެ އެހީގައި ޑރ. އަބްދުލްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އެޅުމަށް ހަމަޖެހިފައިވާ މެންޓަލް ހެލްތްޔުނިޓް ފޭސް 1 ގައި ހިމެނޭ އިމާރާތް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރިއަށް ދާނީ 8 ސެޕްޓެމްބަރ 2025 އިން 13 ސެޕްޓެމްބަރ 2025 ވަނަދުވަހުގެ 13:00 ގެކުރިން މިހޮސްޕިޓަލްގެ އީމެއިލް އެޑްރެސް [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލްކޮށް ނުވަތަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮފީހަށް ރަސްމީގަޑީގައި ފޯމްހުށަހަޅުއްވައިގެންނެވެ. ރެޖިސްޓަރީ ކުރައްވާފައިނުވާ ފަރާތްތަކަށާއި، ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ. ބިޑާއި ގުޅޭ ލިޔުންތައް ބިޑުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށް މެއިލްކުރެވޭނެއެވެ.
މަޢުލޫމާތު ސާފުކުރުން: 11 ސެޕްޓެމްބަރ 2025، މެންދުރު 14:00 ގެ ކުރިން [email protected] އަށް މެއިލްކޮށްގެން ނުވަތަ ރަސްމީ ގަޑީގައި 6845161 ނަންބަރ ފޯނަށް ގުޅުއްވައިގެން.
އަންދާސީ ހިސާބް ހުށަހެޅުން: 23 ސެޕްޓެމްބަރ 2025، 11:00 އަށް
ތަން: ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އޮފީސް އިމާރާތުގެ މީޓިންގ ރޫމް (1 ވަނަ ފަންގިފިލާ)