މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުލަކަތޮޅު އަތޮޅު ކައުންސިލްގެ 29 ވަނަ ޤުރުޢާން މުބާރާތުގައި ބައިވެރިވުމާގުޅޭ:

                    މުލަކަތޮޅު އަތޮޅު ކައުންސިލުން ބާއްވާ ޤުރުޢާން މުބާރާތުގައި މިކައުންސިލްގެ ފަރާތުން ބައިވެރިވުމަށް ގަސްދުކޮއްފައިވާތީ މި މުބާރާތުގައި ބައިވެރިވުމަށް ނަންނޯޓްކުރުމަށް ފުރުސަތު ހުޅުވާލަމެވެ.

                    މި މުބާރާތުގައި ބައިވެރިވުމަށް ނަންނޯޓް ކުރެވޭނީ މ. ނާލާފުށީ ސްކޫލްގެ ދަރިވަރުންނަށާއި މީމު އަތޮޅު ތަޢުލީމީ މަރުކަޒުގައި ތަޢުލީމް ހާސިލްކުރަމުންދާ ކުދިންގެ ތެރެއިން ނާލާފުއްޓަށް ނިސްބަތްވާ ދަރިވަރުންނަށާއި އަދި ނާލާފުށީގެ ރައްޔިތުންގެ ތެރެއިން ބައިވެރިވާން ބޭނުންވާ ފަރާތްތަކެވެ.

                    ނަންނޯޓް ކުރުމަށް ބޭނުންވާ ފަރާތްތަކުން 11 ސެޕްޓެމްބަރ 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ. މުބާރާތުގެ ބައިވެރިން ހޮވާނީ ނަންނޯޓްކުރާ ފަރާތްތަކުގެ މެދުގައި ބޭއްވޭ އޮޑިޝަނަކަށްފަހުގައެވެ.

ގޫގުލް ފޯމް ލިންކް: https://forms.gle/hB48kp6KJ1XCBY6K9

 

08 ސެޕްޓެންބަރު 2025
ހޯދާ