ދިވެހިރާއްޖެ
މިއިއުލާނާއިއެކު އެއްހީރަސް ކުރެވިފައިވާ މައުލޫމާތު ޝީޓާއި އެއްގޮތަށް އއ. ބޮޑުފޮޅުދޫ ބޯޅަދަނޑުއުތުރުފަރާތު ފެންސް ކޮމިޔުނިޓީ ފިޓްނެސް ސެންޓަރާ ދިމާލުން އުސްކުރުމުގެމަޝްރޫޢުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް ހޯދުމާއި ގުޅޭ:-
މިއިދާރާގެ ނަމްބަރ (IUL)343/343/2025/29 (17 ޖުލައި 2025) ގައި ކޮށްފައިވާ އިޢުލާނަށް އެކަށީގެންވާވަރަށްވުރެ ބޮޑުކޮށް ބިޑްހުށަހަޅާފައިވާތީ، އިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ.
މިއިއުލާނާއިއެކު އެއްހީރަސް ކުރެވިފައިވާ މައުލޫމާތު ޝީޓްތަކާއި އެއްގޮތަށް، އއ. ބޮޑުފޮޅުދޫ ބޯޅަދަނޑު އުތުރުފަރާތު ފެންސް ކޮމިޔުނިޓީ ފިޓްނެސް ސެންޓަރ ދިމާލުން އުސްކުރުމުގެ މަޝްރޫޢުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިކަމަށް ޝައުޤުވެރުވެލައްވާ ފަރާތްތަކުން މަސައްކަތްކޮށްދޭނެ އަގު ބަޔާންކޮށް 2025 ސެޕްޓެމްބަރ 18 ވާ ބުރާސްފަތިދުވަހުގެ 11:00ށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. ހުށައެޅޭ އަންދާސީހިސާބުތައް ކެނޑުން އޮންނާނީ ހުށައަޅާ ފަރާތްތަކުގެ ހާޒިރުގައި 2025 ސެޕްޓެމްބަރ 18 ވާ ބުރާސްފަތިދުވަހުގެ 11:00 ގައި ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާގައެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ކޮންފަރާތަކުން ފޮނުވާ ބޭފުޅެއްކަން އެނގޭނެ ލިޔުމަކާއެކު ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6660900 ނަންބަރާއެވެ.
ވީމާ، މިކަން އެންގުމަށްޓަކައި ޢާންމުކޮށް އިޢުލާންކުރަމެވެ.
08 ސެޕްޓެމްބަރ 2025