ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް މަސައްކަތް އައުޓްސޯސް ކުރުމާ ގުޅޭ

އިޢްލާން

ބައެއް މަސައްކަތް އައުޓްސޯސް ކުރުމާ ގުޅޭ

 

ތިރީގައި މިދަންނަވާ މަސައްކަތްތައް 1 އަހަރު ދުވަހުގެ މުއްދަތަށް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. އަދި މީގެން ކޮންމެ މަސައްކަތަކީ ވަކި މަސައްކަތެއް ކަމަށްވާތީ ކޮންމެ މަސައްކަތަކަށް ހުށައަޅުއްވާނީ ވަކި ބިޑެކެވެ.

  1. އެއަރ ކަންޑިޝަންތައް (އޭ.ސީ) މަރާމާތުކޮށް ބެލެހެއްޓުން

ހ. މިއިދާރާއާއި އިދާރާގެ ބެލުމުގެ ދަށުގައި ހުރި ޢިމާރާތްތަކުގައި ހަރުކޮށްފައިވާ އެންމެހާ އޭސީތައް މަރާމާތުކޮ ބެލެހެއްޓުން.

ށ.  އަލަށް ހަރުކުރާ އޭސީތައް ހަރުކުރުން.

ނ. އެއްތަނުން އަނެއްތަނަށް ބަދަލުކުރާ އޭސީތައް ބަދަލު ކުރުން.

ރ. އަދި މީގެ އިތުރުންވެސް އޭސީއާ ގުޅޭގޮތުން ކުރާން ޖެހިއްޖެ ކޮންމެ މަސައްކަތްތައް ކުރުން.

2. ލައިޓްތައް ދިއްލާ ބެލެހެއްޓުން

ހ. އިދާރާގެ ބެލުމުގެ ދަށުން ދިއްލާ ބަލަހައްޓަމުންގެންދާ އެންމެހާ ހޮޅިބުތިތަކާއި މަގުބައްތިތައް ދިއްލުމާއި ނިއްވުމާއި ބެލެހެއްޓުން.

ށ.  އަލަށް ހަރުކުރާ މަގުބައްތިތަކާއި އެހެނިހެން ހޮޅިބުރިތައް ހަރުކުރުން.

ނ. އެއްތަނުން އަނެއްތަނަށް ބަދަލުކުރާ މަގުބައްތިތަކާއި އެހެނިހެން ލައިޓްތައް ބަދަލު ކުރުން.

ރ. ހޮޅިތަނޑި ޖެހުމާއި މަރާމާތުކޮށް ބެލެހެއްޓުން.

ބ. އަދި މީގެ އިތުރުންވެސް ރަށުތެރެ ދިއްލާ ބެލެހެއްޓުމާ ގުޅޭގޮތުން ކުރާން ޖެހިއްޖެ ކޮންމެ މަސައްކަތްތައް ކުރުން.

 3. ފުޓްބޯޅަދަނޑު ސާފުކޮށް ބެލެހެއްޓުން

ހ. ފުޓަބޯޅަދަނޑަށް ފެންޖެހުމާއި ސާފުކޮށް ބެލެހެއްޓުން.

ށ.  ކާނުތައް ސާފުކޮށް ބެލެހެއްޓުން

ނ. ފުޓަބޯޅަދަނޑުގެ ކާޕެޓް ބްރަޝް ކުރުން

ރ. ބޯޅަދަނޑުގެ ހޮޅިބުރިތައް ހަވީރު 6:00 ގައި ދިއްލުލާއި ރޭގަނޑު 11:00 ގައި ނިއްވުން.

ބ. ބޯޅަދަނޑު އެތެރޭގައި އަޅާފައިވާ ކާނުތަކުގެ ވަށައިގެން 30 ފޫޓަށް ވިނަނޮޅައި ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.

 4. ޕެސްޓް ކޮންޓްރޯލް

ހ. ރަށުތެރެއާއި ވަލުތެރެއަށް ހުވަނި ބޭސް ޖެހުމާއި ފޮގު ކުރުން.

ށ. ރަށުތެރެއާއި ވަލުތެރެއަށް މަދިރި ބޭސް ޖެހުމާއި ފޮގު ކުރުން.

ނ. ދިމާވާ ކޮންމެ ހާލަތަކާ ގުޅިގެން ރަށުތެރެއާއި ވަލުތެރެއަށް ޖަހަން ޖެހިއްޖެ ކޮންމެ ބޭހެއް ޖެހުމާއި، ފޮގު ކުރާން ޖެހިއްޖެ ކޮންމެ ފަހަރަކު ފޮގު ކުރުން.

ނ. ބޭސް ޖެހުމަށާއި ފޮގު ކުރުމަށް ބޭނުންކުރާ މެޝިންތަކާއި އެހެނިހެން އާލާތްތައް ދޮވެ ސާފުކުރުމާއި ތެޔޮ ލުމާއި މަރާމާތުކޮށް ބެލެހެއްޓުން.

 

ބިޑް ރަޖިސްޓަރީ ކުރުމާއި ބީލަން ފޯމް ދޫކުރުން

  1. ބިޑް ރަޖިސްޓަރީ ކުރުމަށް ހަމަޖެހިފައިވަނީ 8 ސެޕްޓެންބަރު 2025 ން ފެށިގެން 16 ސެޕްޓެންބަރު 2025 ވާ އަންގާރަ ދުވަހުގެ 13:30 ގެ ނިޔަލަށެވެ.
  2. ބިޑް ރަޖިސްޓްރީ ކުރުމުގެ ފީ އަކީ -/150 ރުފިޔާ އެވެ.  
  3. ބީލަން ފޯމު މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެވެ.
  4. ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި އިދާރާގެ ކައުންޓަރުން، އަދި މިއިދާރާގެ އެކައުންޓް ނަންބަރު 001 700293 7725 ( 1443 ރެވެނިއު 1) އަށް ޖަމާކޮށް ޓްރާންސްފާ ސްލިޕް 9798637 އަށް ވައިބަރ ކުރުމަށްފަހު މި އިދާރާއިން ދޫކުރާ ''ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް" ފުރިހަމަކޮށް މި އިދާރާއަށް ހުށައެޅުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީ ވިކަމަށް ޔަޤީން ކުރަންވާނީ ރަޖިސްޓްރީ ވިކަމުގެ ސްލިޕް ލިބިލެއްވުމުންނެވެ.

 

ރަޖިސްޓަރީ ކުރުމަށް ހުށަހެޅުން

ބިޑް ރަޖިސްޓަރީ ކުރުމަށް ހުށައެޅޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫން (2014/18) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފަރި ރަޖިސްޓަރީ ކުރުމުގެ ޤާނޫން (2014/19) ގެ ދަށުން ރަޖިސްޓަރީވެ ރަޖިސްޓަރީގެ މުއްދަތު ހަމަނުވާ ފަރާތްތަކެވެ. ބިޑް ހުށަހެޅުމުގައި ބައިވެރި ވެވޭނީ  މީގެތެރެއިން ކޮންމެވެސް އެއް ޙައިސިއްޔަތަކުންނެވެ.

 

މަޢްލޫމާތު ސާފުކޮށް ދިނުން

އިތުރު މަޢްލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާ ފަރާތްތަކަށް މަޢްލޫމާތު ސާފުކޮށް ދިނުމަށް ހަމަޖެހިފައިވަނީ ކޮޅުމަޑުލު ކިނބިދޫ ކައުންސިލް އިދާރާގެ އީ-މެއިލް [email protected] މެދުވެރިކޮށެވެ.

 

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ސުންގަޑި

ތަން: ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމް

ތާރީޚް: 17 ސެޕްޓެންބަރު 2025 ބުދަ ދުވަހުގެ މެންދުރުކުރި 11:30

ބަދަލުގައި މީހަކު ފޮނުއްވާނަމަ: ހުށަހަޅާ ފަރާތުގެ އައިޑީ ކާޑްގެ ފޮޓޯކޮޕީއާއި ސިޓީއެއް ފޮނުއްވަން ވާނެއެވެ. އަދި، ބީލަން ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ.

 

 

އަންދާސީ ހިސާބުތަކަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް

  1. ހުށަހަޅާ އަގު %85 (އަގަށް ޕޮއިންޓް ދެވޭނީ އެއްމެ ކުޑައަގު/ ހުށަހެޅި އަގުގެ 85x)
  2. ޕްރޮޕޯސަލް %5 (މަސައްކަތުގައި އަމިއްލަ ތަކެތި ބޭނުންކުރުމާއި ކައުންސިލަށް އެންމެ ފައިދާ ހުރިގޮތަށް ކުރާ މަސައްކަތްތައް)
  3. މަސައްކަތުގެ ތަޖުރިބާ (މިބަޔަށް ޕޮއިންޓް ލިބޭނީ މަސައްކަތް ކޮށްފައިވާ ކޮންމެ އަހަރަށް 1 ޕޮއިންޓްގެ އުސޫލުން، 2018 ވަނަ އަހަރުގެ ފަހުން ކޮށްފައިވާ، މަސައްކަތާ ގުޅުހުރި މަސައްކަތް ތަކަށެވެ.)

ބީލަމާއެކު ހުށަހަޅަންޖެހޭ ތަކެތި

  1. ބިޑް ހުށަހަޅާ ފޯމް
  2. ޕްރޮޕޯސަލް
  3. ބިޑް ރަޖިސްޓަރީ ކުރުމަށް ފައިސާ ދެއްކި ރަސީދު
  4. އައި ޑީ ކާޑްގެ ދެފުށުގެ ސާފު ކޮޕީ
  5. ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ

                  16 ރަބީޢުލްއައްވަލް 1447 ހ

08 ސެޕްޓެންބަރު 2025
ހޯދާ