ދިވެހިރާއްޖެ
މި މިނިސްޓްރީގެ ފަރާތުން ޢާންމު ރައްޔިތުންނަށާއި މީޑިއާތަކަށް މަޢުލޫމާތު ދިނުން ހަރުދަނާކޮށް ފެންވަރު ރަނގަޅު ކުރުމަށްޓަކައި މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ފަރާތުން މީޑިއާ އޮފިސަރ މަޤާމަށް މުވައްޒަފަކު ނެގުމަށް ބޭނުންވެއެވެ.
| 
 ބޭނުންވާ އަދަދު:  | 
 01  | 
| 
 މަޤާމުގެ ގިންތި:  | 
 ވަގުތީ  | 
| 
 މަޤާމުގެ މުއްދަތު:  | 
 01 އަހަރު (ޚިދުމަތް އިތުރަށް ބޭނުންވާނަމަ، މުއްދަތު އިތުރުކުރާ ގޮތަށް)  | 
| 
 ވަޒީފާ އަދާކުރަންޖެހޭ ތަން:  | 
 މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ، ކ. މާލެ  | 
| 
 މުސާރަ:  | 
 -/20,000 (ވިހި ހާސް ރުފިޔާ)  | 
މަޤާމްގެ މައިގަނޑު މައްސޫލިއްޔަތު:
- މިނިސްޓްރީގެ ވެބްސައިޓާއި، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ފޯރުކޮށްދޭން ބޭނުންވާ މައުލޫމާތުގެ ލިޔުންތަކާއި ޚަބަރު ތައްޔާރުކުން.
 - މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްގުގެ ޤާނޫނުގެ ދަށުން މިނިސްޓްރީއަށް ލިބޭ ހުށަހެޅުންތަކުގެ އަޕްޑޭޓް ބެލެހެއްޓުން.
 - މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްގުގެ ޤާނޫނުގެ ދަށުން މިނިސްޓްރީއަށް ލިބޭ ހުށަހެޅުންތަކަށް ކަމާބެހޭ ޑިޕާޓްމަންޓްތަކުން ހޯދައި އެ ހުށަހެޅުންތަކަށް ޖަވާބު ދިނުން.
 - މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން މިނިސްޓްރީގެ މައުލޫމާތު ބަލަހައްޓާނެ ގޮތާއި، އަރުޝީފުކުރާނެ ގޮތާއި، ދޫކުރާނެ ގޮތާބެހޭ އުސޫލުތައް ހަރުދަނާކުރުމާއި އެ އުސޫލުތަކަށް އަމަލު ކުރުމާއި ކުރުވުމުގެ ރޫހު އާލާކުރުން.
 - މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަމިއްލަ އިސްނެގުމުގައި އިދާރާތަކުން ހާމަ ކުރުމަށް ކަނޑައަޅާފައިވާ މައުލޫމާތު ޝާއިއުކޮށް އަދާހަމަކޮށް ބެލެހެއްޓުން.
 - މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ބަޔާންކޮށްފައިވާ މައުލޫމާތުގެ މައްޗައް ތައްޔާރުކުރަންޖެހޭ މިނިސްޓްރީ އަހަރީ ރިޕޯޓު ތައްޔާރުކޮށް، އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހަޅަންޖެހޭ މުއްދަތުގެ ތެރޭގައި ފޮނުވުން.
 - މިނިސްޓްރީން ހިންގާ ހަރަކާތްތަކަށް ބޭނުންވާ ޕޯސްޓަރ، ފްލަޔަރ، ލީފްލެޓް ފަދަ ތަކެތި ޑިޒައިން ކުރުން
 - މިނިސްޓްރީގެ ވެބްސައިޓް، (އިނގިރޭސި އަދި ދިވެހި ކޮންޓެންޓް) އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ދިރާސާކޮށް ދުވަހުން ދުވަހަށް ގެންނަންޖެހޭ ބަދަލުތަކާއި ބެހޭ މަޢުލޫމާތު މެނޭޖްމެންޓަށް ދިނުމާއި، އެފަދަ ބަދަލުތައް އެޕްރޫވް ކުރެއްވުމުން އެ ބަދަލުތައް ގެނައުން.
 - މިނިސްޓްރީން ރައްޔިތުންނާއި ސަރުކާރުގެ މުއައްސަސާތަކަށް ހިއްސާކުރަން ބޭނުންވާ ޚަބަރާއި މަޢުލޫމާތު ވެބްސައިޓަށް ލުމާއި، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ފަސޭހަ ގޮތަކަށް އެފަދަ މަޢުލޫމާތު ލިބިގަނެވޭނެ ނިޒާމެއް ޤާއިމް ކޮށް ވެބްސައިޓް އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.
 - މިނިސްޓަރ ބައިވެރިވެޑައިގަންނަވާ މުހިންމު މީޓިންގތަކާއި މިނިސްޓްރީގައި ބާއްވާ އެކިއެކި އިވެންޓުތަކުގެ ފޮޓޯ، ވީޑިއޯ ނަގާ އަދި އެ އިވެންޓްތަކުގެ މަޢުލޫމާތު ކަމާ ގުޅޭ ޑިޕާޓްމަންޓްތަކުން ހޯދާ ވެބްސައިޓް އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް އަޕްޑޭޓް ކުރުން.
 - މިނިސްޓްރީގެ ފަރާތުން ހިންގާ އެކިއެކި އިވެންޓްތަކިގައި ޢަމަލީ ގޮތުން ޙަރަކާތްތެރިވެ އުޅުން.
 
ލިބިފައިވާ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާ އަދި ޤާބިލްކަން:
- މަޤާމްގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން (ޕަބްލިކް ރިލޭޝަން، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، އެޑިއުކޭޝަނަލް އެޑްމިނިސްޓްރޭޝަން، އިންފޮމޭޝަން ޓެކްނޮލޮޖީ، ޖާރނަލިޒަމް، މާރކެޓިންގ އަދި މީޑިއާ) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 5 ނުވަތަ 6 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއެކު، މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.
 
ހުށަހަޅަންޖެހޭ ލިޔުންތައް:
- ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ
- ވަނަވަރު
- ލިބިފައިވާ ތަޢުލީމީ ސާރޓިފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކުރައްވަންޖެހޭ ސެޓްފިކެޓްތަކުގެ އެޑްރެޑިޓް ކޮޕީ) އަދި ޓްރާންސްކްރިޕްޓް.
- ތަޖުރިބާގެ ލިޔުން
ވީމާ، ވަޒީފާއަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 11 ސެޕްޓެންބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.
ހިއުމަން ރިސޯސް ސެކްޝަން
މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ
އަމީނީމަގު، މާލެ، ދިވެހިރާއްޖެ
ޓެލެފޯން: 1617
އީމެއިލް އެޑްރެސް: [email protected]
