ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 2010/07 އަށް ގެނެވުނު އިސްލާހާއި ގުޅިގެން ކައުންސިލުން ކުރަމުންދާ މަސައްކަތް މަޑުޖައްސާލަން ޖެހިފައިވާ ކަންކަން ރައްޔިތުންނާއި ހިއްސާކުރުން
                                ޤާނޫނު ނަންބަރު 2010/07 (ދިވެހިރާއްޖޭގެ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް ގެނެވުނު 16 ވަނަ އިސްލާހުގެ ސަބަބުން މި އަންނަނިވި ކަންކަން މި ހިނދުން ހުއްޓާލުމަށް ޖެހިފައިވާކަން އާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.
- ބުނެވިދިޔަ ޤާނޫނުގެ 144-1 ވަނަ މާއްދާގެ (ހ) ގައި ކައުންސިލްގެ އިދާރާގެ ނުވަތަ ކައުންސިލްގެ އޮފީހަކަށް ދާއިމީ މުވައްޒަފުންގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް އުޞޫލުން މުވައްޒަފުން ނެގުން މަނާކުރެވިފައި ވުމުން:
 
- ކައުންސިލް އިދާރާގެ ކައުންސިލް އޮފިސަރ (ދާއިމީ) 2 މަޤާމަށް މުވައްޒަފަކު ނެގުމުގެ މަސައްކަތް މަޑުޖައްސާލުން.
 - ރަށުގެ އިޖްތިމާއީ ސަރަހައްދު ކުނިކަހާ ސާފުކޮށް ބަލަހައްޓާނެ މުވައްޒަފުން ނެގުމުގެ މަސައްކަތް މަޑުޖައްސާލުން.
 - ޕްރީސްކޫލް ޓީޗަރ (ވަގުތީ) މަޤާމަށް މުވައްޒަފަކު ނެގުމުގެ މަސައްކަތް މަޑުޖައްސާލުން.
 
- ބުނެވިދިޔަ ޤާނޫނުގެ 144-1 ވަނަ މާއްދާގެ (ށ) ގައި ކައުންސިލްގެ އިޙްތިޞާޞްގެ ދަށުގައި ހުރި ބިމާއި، ފަރާއި، ފަރުގެ ސަރަހައްދުތައް ކުށްޔަށް ދޫކުރުން މަނާކުރެވިފައިވުމުން:
 
- ލޯކަލް ޓޫރިޒަމް ތަރައްޤީކުރުމަށް ގެސްޓް ހައުސް އެޅުމަށް ބިން ދޫކުރުން.
 - ވަރުވާއަށް ބިންތައް ދޫކުރުން.
 
ވީމާ، މަތީގައި ބަޔާންކުރެވިފައިވާ މަސައްކަތްތައް މާލީ ކަންކަން ހިންގުމާއިބެހޭ ވުޒާރާއާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން ކަނޑައަޅާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން މި މަސައްކަތްތައް ކުރުމަށް ހުއްދަ ލިބުމުން ކުރިއަށް ގެންދެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ހިއްސާކުރަމެވެ.
             07 ސެޕްޓެންބަރު 2025
            
        
                    ހޯދާ  
                
                