މާލެއަތޮޅު ހުރާ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކޭޓަރިންގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުން

އިޢުލާން

 

 

 

ކޭޓަރިން ޚިދުމަތް ދޭނެ ފަރާތެއް ހޯދުން

 

2025 ސެޕްޓެމްބަރ 28 ން 2025 އޮކްޓޯބަރ 02 ށް ކ.ހުރާގައި ބޭޢްވުމަށް ހަމަޖެހިފައިވާ  އާއިލީ އިޖުރާޢަތުގެ ޓްރެއިނިންގ ޕްރޮގްރާމުގެ ކޭޓަރިން ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެންކުރި މިކޯޓުގެ ނަންބަރު: H5C-A/2025/3 އިޢުލާނަށް އެކަށީގެންވާ ވަރަށް މަޢުލޫމާތު ސާފުކުރަށް ވަޑައިގަންފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް އެކަމަށް އެދި އިޢުލާން ކުރަމެވެ.

ވީމާ، މިޚިދުމަތް ދެއްވަން ބޭނުންވާ ފަރާތްތަކުން 2025 ސެޕްޓެމްބަރ 08 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް ކ.ހުރާ މެޖިސްޓްރޭޓް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2025 ސެޕްޓެމްބަރ 11 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ކ.ހުރާ މެޖިސްޓްރޭޓް ކޯޓަށް ދުރުވެ، އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. އަދި ކޯޓަށް ދުރުވަން އުޒުރުވެރިވެލައްވާ ފަރާތްތަކުން 2025 ސެޕްޓެމްބަރ 11 ވާ ބުރާސްފަތި ދުވަހުގެ 10:00އަށް  މިކޯޓްގެ އީމެއިލް [email protected] އަށް މެއިލް  ކޮށްދެއްވުމުން އެސްޓިމޭޓް ބަލައި ގަނެވޭނެ ކަމުގައި ދެންނެވީމެވެ.

މިއިޢުލާނާ ގުޅިގެން އެސްޓިމޭޓް ހުށަހެޅުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް ކަމުގައި ދެންނެވީމެވެ.  

 ނޯޓް: މައުލޫމާތު ސާފު ކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުންނާއި ގަޑިއަށް އެސްޓިމޭޓް ހުށަނާޅުއްވާ ފަރާތްތަކުގެ އެސްޓިމޭޓް ބަލައި ނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް  6640342 / 6640274 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

                         11 ރަބީޢުއައްވަލް 1447

03 ސެޕްޓެމްބަރ 2025   

03 ސެޕްޓެންބަރު 2025
ހޯދާ