ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
Announcement regarding Hulhumale Hotel Project

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް ކޮމްޕެނީ (އެސްޓީއޯ) ގެ ހުޅުމާލެ ހޮޓަލްގެ މަޝްރޫޢުހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ) އާއި ހަވާލުކުރުން.

 

އެސްޓީއޯއިން ހުޅުމާލޭގައި އިމާރާތްކުރަމުން އައި ހޮޓަލް، އެޗްޑީސީއާއެކު 20 މިލިއަން ޔޫއެސް ޑޮލަރަށް އަގުކޮށް އެއްބަސްވުމަށްފަހު، ހުޅުމާލޭ ފޭސް 2 އިން ބިމަކަށް ބަދަލުކުރުމުގެ އެއްބަސްވުމެއްގައި ދެ ފަރާތުން ވަނީ 31 އޮގަސްޓް 2025 ގައިސޮއިކޮށްފައެވެ.މި މުޢާމަލާތާއި ގުޅިގެން ކުންފުނީގެ ހިސާބުތަކަށް އައިސްފައިވާ ބަދަލުތަކުގެ ތަފްސީލު، 2025 ވަނަ އަހަރުގެ އެސްޓީއޯގެ މާލީ ބަޔާންތަކުގައި ހިމެނޭނެއެވެ. 

 

މި އިޢުލާނު ކުރެވިފައި މި ވަނީ ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީގެ ކޮންޓިނުއިން ޑިސްކްލޯޝަރ އޮބްލިގޭޝަންސް އޮފް އިޝުއަރޒްގެ (ސީ.ޑީ.އޯ.އައި) ރެގިއުލޭޝަންގެ ދަށުންނެވެ.  

 

ވީމާ މިކަން ކުންފުނީގެ ހިއްސާދާރުންނާއި ކަމާބެހޭ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި އަންގަމެވެ.  

 

04 ސެޕްޓެންބަރު 2025
ހޯދާ