ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"މަޑަވެލި ކައުންސިލް ފުޓްސަލް ފިއެސްޓަރ 2025" ބާއްވާ ސަރަޙައްދުގައި ވިޔަފާރި ސްޓޯލް ޚިދުމަތްދިނުމަށް ފުރުޞަތު ހުޅުވާލުން

19 ން 25 ސެޕްޓެމްބަރ 2025 އަށް ގދ. މަޑަވެލި ފުޓްސަލް ދަނޑުގައި "މަޑަވެލި ކައުންސިލް ފުޓްސަލް ފިއެސްޓަރ 2025" ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ މެޗްތައް ކުޅޭ ދުވަސްތަކުގައި ފުޓްސަލް ދަނޑު ސަރަހައްދުގައި ވިޔަފާރި ސްޓޯލް ބެހެއްޓުމުގެ ފުރުސަތު ހުޅުވާލަމެވެ. ސްޓޯލް ދޫކުރުމަށް ހަމަޖެހިފައިވަނީ އެންމެ މަތިން އަގު ހުށަހަޅާ 2 ފަރާތަކަށެވެ. ސްޓޯލް ބެހެއްޓުމުގެ ހުއްދަދެވޭ 2 ފަރާތުގެ އިތުރުން އެހެން އެއްވެސް ފަރާތަކަށް މުބާރާތް ކުރިޔަށްދާ މުއްދަތުގައި ފުޓްސަލް ދަނޑު ހިމެނޭ ސަރަހައްދުގައި ސްޓޯލް ބަހައްޓައިގެން ވިޔަފާރި ކުރުމުގެ ހުއްދަ ނުދެވޭނެ ކަމުގައިވެސް ދެންނެވީމެވެ.

ވީމާ ސްޓޯލް ބެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް އެދި، ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ފުޓްސަލް ދަނޑު ސަރަހައްދުގައި ސްޓޯލް ބެހެއްޓުމާއި ގުޅިގެން ހުށަހަޅާ އަންދާސީ ހިސާބުތައް 10 ސެޕްޓެމްބަރ 2025 ވަނަ ދުވަހުގެ ހެނދުނު، 11:00 އާއި ހަމައަށް، މެއިލް ކުރާނީ، ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލި ކައުންސިލްގެ އިދާރާގެ އީ-މެއިލް: [email protected] އަށެވެ. މިނޫންގޮތަކަށް، ހުށަހަޅާ އަންދާސީ ހިސާބާއި، ގަޑިޖެހިގެން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 9356677 ނަމްބަރު ފޯނަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ. އަދި މަތީގައި ދެންނެވިފައިވާ މެއިލް އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ.

03 ސެޕްޓެންބަރު 2025
ހޯދާ