ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.އިހަވަންދޫ އަލަށް ގޯތި ދޫކުރި ސަރަޙައްދު، އަދި ރަށުގެ މަގުބައްތި ނެތް ސަރަހައްދުތަކުގައި ޖެހުމަށް ބޭނުންވާ ލައިޓް، ލައިޓް ޕޯލް އަދި ލައިޓްތަކުގެ ބުޑުތައް ފޯރުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ.

ހއ.އިހަވަންދޫ އަލަށް ގޯތި ދޫކުރި ސަރަޙައްދު، އަދި ރަށުގެ މަގުބައްތި ނެތް ސަރަހައްދުތަކުގައި ޖެހުމަށް ބޭނުންވާ ލައިޓާއި، ލައިޓްޕޯލްއާއި އަދި ލައިޓްތަކުގެ ބުޑުތައް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިއިޢުލާނާއެކު ގެޒެޓުކުރެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް ބީލަން ހުށަހެޅުއްވުމަށް ދެންނެވީމެވެ.  ބީލަމުގައި ރަޖިސްޓްރީ ވުމަށް މެއިލް ކުރައްވާނީ [email protected] އަށެވެ. ފޯނުން ރަޖިސްޓްރީވުމަށް ގުޅުއްވާނީ 6500285 އަށެވެ. އަންދާސީ ހިސާބު ހުށަހަޅާންވާނީ ސިޓީ އުރައެއްގައި ބަންދުކޮށް " ހއ. އިހަވަންދޫ ކައުންސިލް އިދާރާއަށް މަގުމަތި ލައިޓު ޕޯލްއާއި އަދި ލައިޓް ތަކުގެ ބުޑު  ފޯރުކޮށް ދިނުމަށް އެދި " ލިޔުއްވާފައެވެ. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. މި މަސައްކަތް ކޮށްދެވޭނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރިފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓު، ފަރުދީ ވިޔަފާރި ފަދަ ތަނަކުން މައުލޫމާތު ސާފުކުރުމަށް ނުވަތަ އަންދާސީ ހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ އެތަނެއްގެ ރަސްމީ ސިޓީއަކާއި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަށް ވާނެއެވެ. ބިޑްގައި ރަޖިސްޓްރީ ނުވާ ފަރާތްތަކުގެ ހުށައެޅުން ބަލައެއް ނުގަނެވޭނެއެވެ.

 ބައިވެރިވާ ފަރާތްތަކުން ކުރަންޖެހޭ މަސައްކަތް

ބީލަމުގައި ރަޖިސްޓްރީ ކުރުމާއި އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން

ދުވަސް

ތާރީޚު

ގަޑި

ބީލަމުގައި ރަޖިސްޓަރީ ކުރުން

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ

ބުރާސްފަތި

11 ސެޕްޓެންބަރު 2025

14:00 އަށް

އަންދާސީހިސާބު

ހުށަހެޅުން

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ

ހޯމަ

22 ސެޕްޓެންބަރު 2025

13:00  ގައި

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

03 ސެޕްޓެންބަރު 2025
ހޯދާ