ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2025 ވަނަ އަހަރުގެ މަތީ ސާނަވީ (އެޗް. އެސް. ސީ) އިމްތިހާނުގެ ޖަވާބު ކަރުދާސް މާކު ކުރާނެ މާކަރުން ހޯދުން

އިޢުލާން

       2025 ވަނަ އަހަރުގެ މަތީ ސާނަވީ (އެޗް. އެސް. ސީ) އިމްތިހާނުގެ ޖަވާބު ކަރުދާސް މާކު ކުރާނެ މާކަރުން ހޯދުން

 

މަޤާމު

މާކަރުން

މާއްދާ

ދިވެހި/އިސްލާމް

ޢަދަދު

ދިވެހި - 15

އިސްލާމް - 15

މަސައްކަތް ކުރަންޖެހޭ ތަން

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް

އުޖޫރަ

  1. މާކު ކުރާ ކޮންމެ ކަރުދާހަކަށް ކަނޑައެޅިފައިވާ އުޖޫރައަކީ ކަރުދާހަކަށް -/60ރ (ފަސްދޮޅަސް ރުފިޔާ) އެވެ. އަދި ޑީ.ޕީ.އީގައި މާކިން މަސައްކަތް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ، ކޮންޓިނިއުޓީ އެލަވަންސްގެ ގޮތުގައި -/1,000ރ (އެއްހާސް ރުފިޔާ) އެވެ.
  • ރީޗެކް މަސައްކަތް ކުރާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުޖޫރައަކީ، ކަރުދާހަކަށް -/60ރ (ފަސްދޮޅަސް ރުފިޔާ) އެވެ.

ރީޗެކުގައި މާކުސް ދެވުނުގޮތުގެ ރިޕޯޓް ލިޔުމުގެ މަސައްކަތްކުރާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުޖޫރައަކީ ރިޕޯޓަކަށް -/200ރ (ދުއިސައްތަ ރުފިޔާ)އެވެ.

ޝަރުތު

  1. މިއަހަރު އިމްތިޙާނުގައި ބައިވެރިވެ އިމްތިޙާނު ހަދައިފައިވާ ފަރާތަކަށް ނުވުން.
  2. މާއްދާއާ ގުޅ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާއެއް އޮތުމާއެކު އުމުރުން 65 އަހަރިވެފައިވާ ފަރާތްތެއްކަމުގައި ނުވުން.
  3. ވޭތުވެދިޔަ އަހަރުތަކުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނުވަތަ މި ޑިޕާޓްމަންޓުން ނުވަތަ ކަމާގުޅުން ހުރި އިދާރާއަކުން ސުލޫކީ މައްސަލައެއްގައި ފިޔަވަޅު އަޅާފައިވާ ފަރާތެއް ކަމުގައި ނުވުން.
  4. ކީސްޓޭޖް 4 ނުވަތަ 5 ގެ އެޗް.އެސް.ސީ ނުވަތަ އެސް.އެސް.ސީ ސިލަބަހަށް ސްކޫލެއްގައި ކިޔަވައިދޭ ފަރާތަކަށްވުން ނުވަތަ
  5. ކީސްޓޭޖް 5 (ގްރޭޑް 11 ނުވަތަ 12) ނުވަތަ ކީސްޓޭޖް 4 (ގްރޭޑް 9 ނުވަތަ 10) ސިލަބަހުގެ މަސައްކަތުގައި މިހާރު ވެސް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ޢަމަލީގޮތުން ނުވަތަ ފަންނީލަފާދިނުމުގެ މަސައްކަތްކުރާ ފަރާތަކަށްވުން ނުވަތަ
  6. ދިވެހިރާއްޖޭގައި ރަޖިސްޓްރީކުރެވިފައިވާ އަދި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ މަތީ ތައުލީމުދޭ މަރުކަޒެއްގައި ދިވެހި ނުވަތަ އިސްލާމް ކިޔަވައިދޭ ފަރާތަކަށްވުން ނުވަތަ
  7. ކީސްޓޭޖް 5 (ގްރޭޑް 11 ނުވަތަ 12) ނުވަތަ ކީސްޓ ޖް 4 (ގްރޭޑް 9 ނުވަތަ 10) ސިލަބަހަށް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން މަދުވެގެން 1 އަހަރު ކިޔަވައިދީފައިވުން ނުވަތަ ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން މަދުވެގެން 1 އަހަރު މާކިންގެ މަސައްކަތު ގައި އުޅެފައިވުން.

މަސްޢޫލިއްޔަތު

  1. މާކަރުންގެ މަސްއޫލިއްޔަތަކީ އިމްތިޙާނުގެ މާކިން މަސައްކަތް ކުރައްވާ އެގްޒޭމިނަރުންގެ ލަފަޔާ އިރުޝާދުގެ ދަށުން، ތެދުވެރިކަމާ، އިންސާފުވެރިކަމާއެކު މާކު ކުރުމުގެ އެންމެހައި މަސައްކަތްތައް ކުރުމެވެ.
  2. މާކަރެއްގެ ހައިސިއްޔަތުން، އިމްތިޙާނުގައި ބައިވެރިވި ކެނޑިޑޭޓުންނާއި މާކިން މަސައްކަތުގައި ޝާމިލްވާ އެންމެހާ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކޮށް ދިނުމަށް ބާރުއަޅަން ވާނެއެވެ.
  3. މާކަރެއްގެ ހައިސިއްޔަތުން، އިމްތިޙާނުގެ މާކިން މަސައްކަތް ކުރިއަށް ގެންދިޔުމުގައި އަންނަނިވި ނުކުތާތަކާއެއްގޮތަށް ޢަމަލުކުރަން ވާނެއެވެ.

3.1     އިމްތިޙާނުގެ މާކިން މަސައްކަތް ފެށުމުގެ ކުރިން މާކަރުންގެ އިޤުރާރުގައި އަދި އެއްބަސްވުމުގައި ސޮއި  ކުރަންވާނެއެވެ.

3.2     ކޮންމެ މާކަރަކާ މާކުކުރަން ޙަވާލުކުރެވޭ ދަރިވަރުންގެ ޖަވާބު ކަރުދާސްތައް ޙަވާލުކުރެވޭނީ ލިޔުމެއްގައި ސޮއި ކުރުވާފައެވެ. މިނޫން ގޮތަކަށް އެއްވެސް މާކަރަކު ޖަވާބު ކަރުދާހާ ޙަވާލުވެގެން ނުވާނެއެވެ

3.3     ކޮންމެ މާކަރަކު މާކިންއަށް ޙާޟިރުވާ ކޮންމެދުވަހެއްގެ ކޮންމެ ދަންފަޅިއެއްގައި މާކަރުންގެ ޙާޟިރީގައި ސޮއި ކުރަންވާނެއެވެ.

3.4     މާކަރުންނާ މާކުކުރަން ޙަވާލުކުރާ ޖަވާބު ކަރުދާސް ޕެކެޓުގެ ބޭރުގައި އެޕެކެޓުގައި ހުންނާނެ ޖަވާބުކަރުދާހުގެ ކޯޑު ނަމްބަރުތައް ޖަހާފައި ހުންނާނެއެވެ. އެކަރުދާސްތައް ޕެކެޓުގައި ހަމައަށް ހުރިތޯ ޗެކުކުރުމަށް ފަހުގައި ނޫނީ ޖަވާބު ކަރުދާހާ ހަވާލުވެގެން ނުވާނެއެވެ.

3.5     މާކުކުރަން މާކަރާ ޙަވާލުކުރެވިފައިވާ ޖަވާބު ކަރުދާސް ޕެކެޓުގެ މަސައްކަތް މުޅިން ނިމުމުން، ނުވަތަ އެދަންފަޅިއެއްގެ މަސައްކަތް ނިމުމުން، ނުވަތަ މާކަރު ބޭރަށް ދާންޖެހުމުން ޖަވާބު ކަރުދާސް ޕެކެޓު އިދާރީ މޭޒާ ޙަވާލުކުރަން ވާނެއެވެ. މިގޮތުން ޖަވާބުކަރުދާސް ޕެކެޓު އިދާރީ މޭޒާ ޙަވާލު ކުރާއިރު ޕެކެޓުން ހުރިހާ ކަރުދާހެއް ނަގައިގެން ހުރިހާ ކޯޑެއްގެ ކަރުދާސް ހަމައަށް ދެއްކުމަށްފަހު މާކަރުގެ ފައިލުގައި ޖަވާބުކަރުދާސް ހަވާލުކުރުމަށް އޮންނަ ޝީޓުގައި ސޮއި ކުރުވަންވާނެއެވެ.

3.6     މާކުކުރަން ޙަވާލުކުރާ ޖަވާބު ކަރުދާސް ތަކުގެ ތެރ ގައި އެވަގުތަކު މާކުކުރެވެމުންދާ ކަރުދާސް ނޫން ޖަވާބުކަރުދާހެއް އޮވެއްޖެނަމަ ނުވަތަ އެހެން މާއްދާއެއްގެ ޖަވާބުކަރުދާހެއް އޮވެއްޖެނަމަ (މާކުކުރަނީ ކަރުދާސް 2 ކަމަށް ވެފައި ކަރުދާސް 1 ގެ ޖަވާބު ކަރުދާހެއް އޮތުން ނުވަތަ މާކުކުރަނީ ދިވެހި ކަމަށް ވެފައި އިސްލާމް ކަރުދާހެއް އޮތުން) އެ ޕެކެޓަކާ ޙަވާލުވެގެން ނުވާނެއެވެ. ޖަވާބުކަރުދާހާ ޙަވާލުވާއިރު މިކަން ޗެކުކުރަންވާނެއެވެ.

3.7     މާކިން ފެށުމަށްފަހު، ޑީޕީއީން އަންގަވާ ގޮތެއްގެ މަތީން ފޮޓޯކޮޕީ ކަރުދާސް މާކު ކުރަންވާނެއެވެ.

3.8     މާކިން ފެށުމަށްފަހު، ހަވާލުކުރެވޭ ޖަވާބު ކަރުދާސްތައް ދުވަހުން ދުވަހަށް މާކުކޮށްދޭން ވާނެއެވެ. އަދި ޖަވާބު ކަރުދާސް މާކުކޮށް ނިމުމަށްފަހު ހުރިހާ ސުވާލެއް މާކުކޮށް މާކުސް ދެވިފައިވާކަން ކަށަވަރުކުރަން ވާނެއެވެ

3.9     ޑީ.ޕީ.އީ އިން އެދިއްޖެ ހާލަތެއްގައި ރީޗެކަށް އެދޭ ކެނޑިޑޭޓުންގެ ޖަވާބު ކަރުދާސްތައް މާކުކޮށް ދޭންވާނެއެވެ.

 

މާކްސް ދެވޭ ގޮތުގެ ތަފްޞީލް

ބަލާނެ ބައިތައް

މާކަރުން (%)

ތަޢުލީމް

30

ކިޔަވައިދިނުމާގުޅޭ މަސައްކަތުގެ ތަޖުރިބާ/  ސިލަބަސް އެކު ލަވައިލުން / ފަންނީލަފާ ދިނުން

10

މާކު ކުރުމުގެ މަސައްކަތުގެ ތަޖުރިބާ

20

ޕްރެކްޓިކަލް

40

 

 

 

މާކުސް ލިބޭނެގޮތް

 

ދާއިރާ

ތަފްޞީލް

މާކުސް

ތަޢުލީމް

ޕީ.އެޗް.ޑީ

މާސްޓަރސް

ޑިގްރީ

ޑިޕްލޮމާ

45

40

35

30

ކިޔަވައިދިނުމާގުޅޭ މަސައްކަތުގެ ތަޖުރިބާ ( ތަޖުރިބާ ގުނުމުގައި ބަލާނީ ފާއިތުވެދިޔަ އެންމެފަހުގެ 5 އަހަރަށެވެ).

  • ކިޔަވައިދިނުން
  • ސިލަބަސް އެކު ލަވައިލުން
  • ފަންނީލަފާ ދިނުން

 

10

 

މާކު ކުރުމުގެ މަސައްކަތުގެ ތަޖުރިބާ

( ތަޖުރިބާ ގުނުމުގައި ބަލާނީ ފާއިތުވެދިޔަ އެންމެފަހުގެ 5 އަހަރަށެވެ.

ޗީފް އެގްޒޭމިނަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވުން

ލީޑް އެގްޒޭމިނަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވުން

އޮޑިޓިން އެގްޒޭމިނަރެއްގެ ގޮތުގައި މަސައްކަތްކޮށްފައި ވުން

މޮޑަރޭޓިން އެގްޒޭމިނރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވުން

މާކަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައި ވުން

50

 

45

 

40

 

35

 

30

ޕްރެކްޓިކަލް

ޕްރެކްޓިކަލް

100

 

 

 

 

މަސައްކަތް ކުރަންޖެހޭ މުއްދަތު

15 ޑިސެމްބަރ 2025 އިން 10 ޖަނަވަރީ 2026 އަށް

މަސައްކަތް ކުރިއަށް ދާނެ ތާރީޚާއި ވަގުތު

  1. މާކިންގ ސްކީމް ފައިނަލް ކުރުން:

   30 ނޮވެމްބަރ 2025 އިން 14 ޑިސެމްބަރ 2025 އަށް (14:00 އިން 18:00 އަށް)

މާކިންގ ތަމްރީން:

15 ޑިސެމްބަރ 2025 އިން 18 ޑިސެމްބަރ 2025 އަށް (ހެނދުނު 14:00 އިން 18:00 އަށް)

މާކިންގ:

   21 ޑިސެމްބަރ 2025 އިން 10  ޖަނަވަރީ 2025 އަށް (ހެނދުނު 8:00 އިން 18:00 އަށް)

ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަ ކޮށްފައިވާ މާކިންގ ގެ މަސައްކަތަށް އެދި ހުށަހަޅާ ފޯމު، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓްގެ ވެބްސައިޓުން www.dpe.edu.mv އިން ލިބެން ހުންނާނެއެވެ. އަދި ތިރީގައިމިވާ ލިންކުންވެސް ލިބެން ހުންނާނެއެވެ.

Marking Work Application Form

  1. ވަނަވަރު (ސީ.ވީ)
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ލިބިފައިވާ އެންމެ މަތީ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ  ( ކިޔަވައިދޭ މާއްދާއާގުޅޭ އެންމެމަތީ ސެޓްފިކެޓް )
  4. ވަޒީފާ އަދާކުރާނަމަ އެކަމުގެ ލިޔުން (03 މަސް ހަމަނުވާ)،  މިލިޔުމުގައި ކިޔަވައިދޭ ކީސްޓޭޖާއި މާއްދާ އެނގެން އޮންނަންވާނެއެވެ.
  • ނޯޓް: މަތީގައި ބަޔާންކޮށްފައިވާ ލިޔުންތައް (ހުށަހަޅަންޖެހޭ ތަކެތި) އެއް ޑޮކިއުމެންޓެއްގެ ގޮތުގައި ޕީ.ޑީ. އެފް ފޯމެޓަށް ތައްޔާރުކޮށް ގޫގުލް ފޯމުގައި އެޓޭޗު ކުރަންވާނެއެވެ.

 

ސުންގަޑި:

14 ސެޕްޓެމްބަރ 2025 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން

އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

  • މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ، 18ސެޕްޓެމްބަރ 2025 އާއި 12އޮކްޓޯބަރ 2025 އާ ދެމެދުގެ ތާރީޚެއްގައި، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް ގައެވެ. 

އެދެންވީ ގޮތް:

  • މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ތިރީގައިވާ ލިންކު މެދުވެރިކޮށެވެ.
  • https://forms.gle/MQLwazVirVHPxc6AA
  • އެސް.އެސް.ސީ/އެޗް.އެސް.ސީ އިމްތިޙާނު މާކު ކުރުމުގެ މަސައްކަތަށް މީހުންނެގުމުގެ އުސޫލު  މި ޑިޕާޓްމަންޓް ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

 

  • އިތުރު މައުލޫމާތު ހޯއްދެވުމަށް 3041338 ނުވަތަ 7957373 ގުޅުއްވުން އެދެމެވެ.

 

11 ރަބީޢުލްއައްވަލް 1447

03 ސެޕްޓެންބަރު 2025
ހޯދާ