ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
މުވައްޒަފު ވަޒީފާއިން މުސްކުޅިކޮށް ވަޒީފާއިން ވަކިކުރާ އިރު ޚިދުމަތް ގުނުމުގައި، ސިވިލް ސަރވިސްގައި ނުހިމެނޭ ދައުލަތުގެ އެހެން މުއައްސަސާތަކުގައި ޚިދުމަތްކޮށްފައިވާ މުއްދަތު ހިމެނުމާ ގުޅޭ

ސިވިލް ސަރވިސްގެ މުވައްޒަފުން ވަޒީފާއިން މުސްކުޅިކޮށް ވަޒީފާއިން ވަކިކުރާ އިރު، ޚިދުމަތުގެ މުއްދަތު ގުނުމުގައި ސަރުކާރުގައި ޚިދުމަތްކޮށްފައިވާ މުއްދަތުގެ އިތުރުން، ސިވިލް ސަރވިސްގައި ނުހިމެނޭ، ދައުލަތުގެ އެހެން މުއައްސަސާތަކުގައި (ސަރުކާރުގެ މައި ހިއްސާ ހިމެނޭ ކުންފުނިތައް ހިމެނޭހެން) ޚިދުމަތްކޮށްފައިވާ މުއްދަތު ހިމެނުމަށް ކޮމިޝަނުން ނިންމާފައިވާކަމުގައި ދެންނެވީމެވެ.

ވުމާއެކު، މިހާރު ވަޒީފާގައި ދެމިތިބި މުވައްޒަފުންގެ އިސްވެ ބަޔާންކުރެވުނު ފަދަ ތަޖުރިބާގެ ރެކޯޑެއްވާ ނަމަ، ތަޖުރިބާގެ ލިޔުމުގައި ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ ގަވާއިދު ނަންބަރު 2019/R-1067 "އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާބެހޭ ގަވާއިދު" ގައި ބަޔާންކޮށްފައިވާ މިންގަނޑާ އެއްގޮތްވާ ގޮތުގެމަތިން ތައްގަނޑު ޖެހުމަށް ފަހު، ވަޒީފާ އަދާކުރާ އިދާރާ މެދުވެރިކޮށް ސީއެސްވިއުގައިގެ "އެކްސްޕީރިއަންސް" ބަޔަށް އެ ލިޔުން އަދާހަމަކުރެއްވުމަށް ދެންނެވީމެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުގައި ލާޒިމުކުރާ މަޢުލޫމާތުތައް ހިމެނޭހެން، ތަޖުރިބާ އަންގައިދޭ ލިޔުން ތައްޔާރުކުރެވިދާނެ ގޮތުގެ ނަމޫނާއެއް، މި ސަރކިއުލަރ ނޯޓާއެކު ހިމަނާފައިވާނެއެވެ.

03 ސެޕްޓެންބަރު 2025
ހޯދާ