ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ މަޢުލޫމާތު ހޯދުމަށް

އިޢުލާން

               ފ. ނިލަންދޫ ތުޑީ ސަރަޙައްދުން ، މިހާރު ކަރަންކާގެ ޢަލީ އަޙުމަދު ކަރާ ހައްދަމުންދާ ދަނޑުބިމާއި އާސްތާނާ ފާޠިމަތު އިބްރާހީމް ދަނޑުވެރިކަން ކުރަމުންދާ ދަނޑުބިމާއި ދެމެދުން 40،000 އަކަފޫޓުގެ ބިމެއް ވާނީ ޕޮލިސް އާ އިމާރާތް އެޅުމަށްޓަކައި ދޫކޮށްފައެވެ. މިބިމުގައި ހުރި ޢާންމު ފަރާތްތަކުގެ ރުއްގަހުގެ ބަދަލު ހަމަޖެއްސުމަށްޓަކައި އެސަރަޙައްދުގައި ހުރި ރުއްގަހުގައި މިހާރުވާނީ ރަތްކުލައިގެ ދަވާދުން P01-P43 އާއި ދެމެދުގެ ނަންބަރެއް ޖަހާފައެވެ.

ވީމާ، މިސަރަހައްދުގައި އެއްވެސް ފަރާތެއްގެ ރުކެއް، ގަހެއް ހުރިނަމަ އެތަކެތީގައި ޖަހާފައިވާ ނަންބަރާއި އަދި އެއީ ކޮންފަރާތެއްގެ ރުކެއް ގަހެއްކަން އެނގޭނޭ ގޮތަށް 2025 ސެޕްޓެމްބަރ 10 ވަނަ ދުވަހުގެ ކުރިން ލިޔުމުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ވެރިފަރާތުގެ މަޢުލޫމާތު ނޭނގޭ ރުއްގަހާއި ،ކައުންސިލަށް ހުށަނާޅައި ހުންނަ ރުއްގަހުގެ ބަދަލު ހަމަޖައްސައިދިނުމުގައި މިކައުންސިލުން ޒިންމާނުނަގާނެ ކަމުގައި ދަންނަވަމެވެ.

             މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި ޢިއުލާންކުރީމެވެ.

           10 ރަބީޢުލްއައްވަލު 1447

             03   ސެޕްޓެމްބަރ   2025  

03 ސެޕްޓެންބަރު 2025
ހޯދާ