ދިވެހިރާއްޖެ
| އިޢުލާން ވަޒީފާގެ ފުރުޞަތު | |
| މަޤާމް | އެސިސްޓެންޓް އެޑްމިނިސްޓްރޭޓަރ | 
| ބޭނުންވާ ޢަދަދު | 1 (އެކެއް) | 
| މަޤާމުގެ ރޭންކް | އެމް. އެސް. 2 | 
| މަޤާމުގެ ކްލެސިފިކޭޝަން | ސީނިއަރ އޮފިސަރ ގްރޭޑް 2 | 
| މަޤާމް އޮތް އޮފީސް | ފ. މަގޫދޫ ސްކޫލް | 
| ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް | ފ. މަގޫދޫ ސްކޫލް / ފ. މަގޫދޫ | 
| ސެކްޝަން | އެޑްމިން | 
| މުސާރަ | މަހަކު /-6295 ރުފިޔާ | 
| އެލަވަންސް | މަހަކު -/2،000 ރުފިޔާ | 
| އިތުރު ޢިނާޔަތްތައް | އިތުރުގަޑީގެ ފައިސާ، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ހަމަޖެހޭނެ. | 
| މަޤާމުގެ ޝަރުޠު | 
 | 
| މަޤާމުގެ މަސްއޫލިއްޔަތު | 
 | 
| ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް | - ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީން. - މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ. - މައިކްރޯސޮފްޓް ވޯޑް، އެކްސެލްގައި އިނގިރޭސިބަހާއި ދިވެހިބަހުން ޑޮކިއުމެންޓް ހެދުމާއި، ކޮރަލްޑްރޯވްގައި ސެޓްފިކެޓްފަދަ ތަކެތި ހެދުމުގެ ޤާބިލްކަން ހުރި މިންވަރު. - ކުރިން މަސައްކަތް ކޮށްފައިވާ މުއައްސަސާތަކުގެ ރެފަރެންސް. | 
| ހުށަހަޅަންޖެހޭ ލިޔުންތައް | - ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭފޯމް (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް، ސިވިލް ސަރވިސްގެ ވެބްސައިޓުން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. އަދި މި ފޯމް، މި ސްކޫލުގެ އޮފީހުންވެސް ލިބެން ހުންނާނެއެވެ.) - ސިވިލްސާވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނުކުރާކަމަށް، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހެއްގެ ލިއުން. - ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރުބަލައި، ތަތްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) - މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. - ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް. - ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތުގެ ވަނަވަރު / ސީވީ (ގުޅޭނެ ފޯނު ނަންބަރާއެކު) | 
| ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި ސުންގަޑި | - މި ވަޒީފާއަށްއެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މި ސްކޫލުގެ އޮފީހަށެވެ. - ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 އޮކްޓޫބަރު 19 ވާ ހޯމަ ދުވަހުގެ 14:00 އެވެ. | 
| އިންޓަވިއު އޮންނަ ތަނާއި ތާރީޚު | - އިންޓަވިއު އޮންނާނީ މި ސްކޫލުގައެވެ. އިންޓަވިއުއަށް ހާޒިރުވާންޖެހޭ ތާރީޚަކީ 22 އޮކްޓޫބަރު 22 ވާ ބުރާސްފަތި ދުވަހެވެ. | 
| ނޯޓް | މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލްކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. | 
| އިތުރު މަޢުލޫމާތު | މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ 7952912 ނަންބަރު ފޯނާ ގުޅުން އެދެމެވެ. | 
24 ޛުލްޙިއްޖާ 1436
 
                    