ދިވެހިރާއްޖެ
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ލަފާފުރުމުގެ ކަންކަން އިތުރަށް ތަނަވަސްކޮށް އާންމުންނަށާއި ރަށުން ބޭރުން މިރަށަށް ޒިޔާރަތްކުރާ ދަތުރުވެރިންނަށް ޓާމިލްގެ ޚިދުމަތް އިތުރަށް ފުރިހަމައަށް ފޯރުކޮށްދިނުމުގެ ގޮތުން، ނ. ކުޑަފަރީގައި މިވަގުތު ބޭނުންކުރަމުންދާ މަސްމާރުކޭޓް އާބާތުރަފިލުވުމުގެ މަސައްކަތް ކޮށްދޭނޭ ބަޔަކު ހޯދާން ބޭނުންވެއެވެ.
ބީލަމުގައި ބައިވެރިވެވޭނީ، އެ ކަމަށް އެދި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމުގައި ރަޖިސްޓްރީވާން ހުށަހަޅާނީ މިއަދުން ފެށިގެން 2025 ސެޕްޓެންބަރު 14 ވާ އާދީއްތަ ދުވަހު މެންދުރު 12:00 ގެ ކުރިން، ތިރީގައި ދީފައި އެވާ ލިންކު ގައިވާ ފޯމު ފުރިހަމަކޮށްގެންނެވެ. އިއުލާނާއެކު މަސައްކަތާއި ގުޅޭ ތިރީގައިއެވާ ލިޔެކިއުން އެއްހީރާސްކުރެވިފައިވާނެއެވެ.
- ސްކިމެޓިކް ޑްރޯވިންގްސް ލިންކް: Annex 2 - KDFRI_BM_FT_SD_250821.pdf
ރެޖިސްޓްރޭޝަން ލިންކް: https://shorturl.at/NPEwN
މި މަސައްކަތާގުޅޭ މަޢުލޫމާތު ބައްދަލުވުން ކުރިޔަށްދާނީ 2025 ސެޕްޓެންބަރު 14 ވާ އާދީއްތަ ދުވަހު މެންދުރު 13:00 ގައި މި އިދާރާގައެވެ. މައުލޫމާތު ބައްދަލުވުމުގައި ބައިވެރިވެވޭނީ ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އަދި ބީމަލުގައި ރަޖިސްޓްރީވެފައިވާ ފަރާތެއްކަމުގައި ވިނަމވެސް ބީލަން ހުށައެޅުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ މައުލޫމާތު ބައްދަލުވުމުގައި ބައިވެރިވެފައިވާނަމައެވެ. ބީލަމާއި ގުޅޭގޮތުން އިތުރު މައުލޫމާތެއް ސާފު ކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ 2025 ސެޕްޓެންބަރު 25 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިއިދާރާގެ އީމެއިލް [email protected] އަށް އީމެއިލް ކުރައްވައިގެން އެ މައުލޫމާތެއް ސާފުކުރެއްވޭނެއެވެ.
ބީލަން ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ 2025 ސެޕްޓެންބަރު 28 ވާ އާދީއްތަ ދުވަހު މެންދުރު13:00ގައި މި އިދާރާ ގައެވެ. އެއްވެސް ބައްދަލުވުމެއް ބޭއްވުމަށް ކަނޑައަޅާފައިވާ ދުވަހަކީ ރަސްމީ ބަންދު ދުވަހެއް ކަމުގައި ކަނޑައަޅައިފިނަމަ އެ ބައްދަލުވުމެއް އޮންނާނީ ޖެހިގެން އެންމެ އަވަށް ހުޅުވޭ ރަސްމީ ދުވަހެއްގެ ދެންނެވިފައިވާ ގަޑީގައެވެ.
މި މަސައްކަތަށް ކުރިމަތިލެއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު (ގާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކުރައްވައިފައި ވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި، ބީލަން ހުށަހެޅުއްވުމުގެ ބައްދަލުވުމަށް ބަދަލު ގައި މީހަކު ފޮނުއްވާ ނަމަ، އެ ކަން އަންގައިދޭ ސިޓީއަކާއި ބަދަލު ގައި އަންނަ މީހާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ނުވަތަ ސާފު ފޮޓޯ އަކާ އެކު ފޮނުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ސާފުކުރައްވާން ތިރީގައި ވާ ނަންބަރަށް ގުޅުއްވުން އެދެމެވެ. ނުވަތަ އީމެއިލް އެޑްރެހަށް މެއިލްކުރެއްވުން އެދެމެވެ.
ކައުންސިލް އިދާރާގެ ފޯނު ނަންބަރު: |
6560015 |
ކައުންސިލް މޯބައިލް ފޯނު ނަންބަރު: |
7763264 |
ކައުންސިލް އިދާރާގެ އީމެއިލް އެޑްރެސް: |