ނޭޝަނަލް ޑިޒާސްޓަރ މެނެޖްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މި އޮފީހުގައި ހުރި ބައުވެ ގިނަދުވަސްވެފައިވާ ބައެއް ހަރުމުދާ ނީލަން ކިޔުމާގުޅޭ
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ
ގ. ރިހިޖެހި ކޮށި، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ
މި އޮޓޯރިޓީގައި ހުރި ބައުވެ ގިނަދުވަސްވެފައިވާ ބައެއް ހަރުމުދާ ނީލަން ކިޔުމާގުޅޭ
މި އޮތޯރިޓީގައި ހުރި ބައުތަކެތި ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. މި ނީލަމާގުޅޭ ތަފްޞީލު ތިރީގައި މިވަނީއެވެ.
- ނީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުން: ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 14 ސެޕްޓެމްބަރ 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން ނަން/އައިޑީ ކޮޕީ/ ފޯނު ނަންބަރު އަދި އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވައިގެން ރެޖިސްޓަރީކުރެއްވުން އެދެމެވެ.
- ނީލަން ކިޔުން :16 ސެޕްޓެމްބަރ 2025 ވާ އަންގާރަ ދުވަހުގެ ހެނދުނު 09:00ގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ ގައި.
- ނީލަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުން: [email protected] / 3333451
- ނީލަން ކާމިޔާބު ކުރާ ފަރާތް : ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބު ކުރާ ފަރާތުން ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފައިނޭންސް ގެ ބަޑޭރި ޕޯރޓަލް https:/bandeyripay.finance.gov.mv)) އަށް ފޮނުއްވައި ދެއްދެވުމަށްފަހު، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެކަތެރި ގެންދަން ވާނެއެވެ. މިގޮތުން މުދާ ގެންދިއުމުގެ އެންމެހާ އިންތިޒާމް ނީލަން ކާމިޔާބުކުރާ ފަރާތުން ހަމަޖައްސަންވާނެއެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގައި ނުގެންގޮސް ހުންނަ މުދާ، ނީލަން ކާމިޔާބު ކުރި ފަރާތުން ބޭނުންނުވާ ކަމަށް ބަލައި ނައްތާލެވޭނެއެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.
03 ސެޕްޓެންބަރު 2025
ހޯދާ