މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ރެފްރިޖަރޭޝަން އަދި އެއަރ ކޮންޑިޝަނިންގ (އާރް.އޭ.ސީ) ދާއިރާގައި މަސައްކަތް ކުރާ ޓެކްނީޝަނުންނަށް ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް އަދި ޗައިނީސް އެސޯސިއޭޝަން އޮފް ރެފްރިޖަރޭޝަން މެދުވެރިކޮށް ބާއްވާ ކޯލްޑް ސްޓޯރޭޖް އަދި ނެޗުރަލް ރެފްރިގެރެންޓްއާ ގުޅޭ ޚާއްސަ ތަމްރީނު ޕްރޮގްރާމަށް ފުރުސަތު ހުޅުވާލުން.

ރެފްރިޖަރޭޝަން އަދި އެއަރ ކޮންޑިޝަނިންގ (އާރް.އޭ.ސީ) ދާއިރާގައި މަސައްކަތް ކުރާ ޓެކްނީޝަނުންނަށް ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް އަދި ޗައިނީސް އެސޯސިއޭޝަން އޮފް ރެފްރިޖަރޭޝަން މެދުވެރިކޮށް ބާއްވާ ކޯލްޑް ސްޓޯރޭޖް އަދި ނެޗުރަލް ރެފްރިގެރެންޓްއާ ގުޅޭ ޚާއްސަ ތަމްރީނު ޕްރޮގްރާމަށް ފުރުސަތު ހުޅުވާލުން.

  1. 1.  ތަފްސީލު

ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމްއާއި ޗައިނީސް އެސޯސިއޭޝަން އޮފް ރެފްރިޖަރޭޝަންއިން އިން ހިންގުމަށް ހަމަޖެހިފައިވާ ކޯލްޑް ސްޓޯރޭޖް އަދި ނެޗުރަލް ރެފްރިގެރެންޓްއާ ގުޅޭ ތަމްރީން ޕްރޮގްރާމްގައި ދިވެހި ރާއްޖޖޭގެ ރެފްރިޖަރޭޝަން އަދި އެއަރ ކޮންޑިޝަނިންގ ޓެކްނީޝަނުން ބައިވެރިވުމުގެ ފުރުސަތު ވަނީ ލިބިފައެވެ. ވީމާ، މި ޕްރޮގްރާމްގައި ބައިވެރިވެލައްވަން ބޭނުންވާ ޝަރުތުފުރިހަމަވާ ފަރާތްތަކުން، ތިރީގައިވާ އެޑްރެހަށް ހުށަހަޅަންޖެހޭ ލިޔުންތައް ފޮނުއްވުން އެދެމެވެ. މި ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިނގިރޭސިބަހުންނެވެ.

 

  1. 2.  މައިގަނޑު މަޤްސަދު

ފިނިކުރާ ނިޒާމްތަކުގައި ބޭނުންކުރާ އޯޒޯން ފަށަލައަށް ގެއްލުން ދޭ މާއްދާތަކާއި ޖައްވު ހޫނުކުރުމަށް އަސަރުކުރުވާ މާއްދާތައް ނައްތާލުމަށް އަދި އޭގެ ބަދަލުގައި ބޭނުންކުރާ ނެޗުރަލް ރެފްރިޖެރަންޓް އިތުރުކުރުމަށްޓަކައި މިމިނިސްޓްރީއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި މިދާއިރާއިން މީހުން ތަމްރީނު ކުރުމުގެ މަސައްކަތް ހިމެނެއެވެ.

ވީމާ، މިތަމްރީން ޕްރޮގްރާމްގައި ރެފްރިޖަރޭޝަން އަދި އެއަރ ކޮންޑިޝަނިންގ ދާއިރާގައި މަސައްކަތްކުރާ 2 ޓެކްނީޝަނުންނަށް ބައިވެރިކުރުމަށް މިމިނިސްޓްރީއިން ބޭނުންވެއެވެ.

4 ދުވަހުގެ މިޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޗައިނާގެ، ގުއަންގްޒޫގައި، 4- 7 ނޮވެމްބަރު 2025 ގައެވެ.

 

  1. 3.  ކުރިޔަށް ގެންދަން ހަމަޖެހިފައިވާ ގޮތް

މި ތަމްރީން ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ 2 ބަޔަކަށް ބަހާލައިގެންނެވެ. އެއީ ތިއަރީ އަދި ޕްރެކްޓިކަލް (އަމަލީ) ސެޝަންތަކެއްގެ ގޮތުގައެވެ.  ކޯހާބެހޭ އިތުރު މައުލޫމާތު ތިރީގައިވާ ޖަދުވަލު 1 ގައި ހިމެނިފައިވާނެވެ.

މި ކޯހުގެއި ބައިވެތރިވާ ފަރާތްތަކަށް ޓިކެޓް އަދި ހުރުމާއި ކެއުމުގެ ހަރަދު މި މިނިސްޓްރީއިން ހަމަޖައްސައިދެވޭނެވެ.

 

  1. 4.  ކެންޑިޑޭޓުންގެ ޝަރުތު
  • ރެފްރިޖެރޭޝަން އަދި އެއަރ ކަންޑިޝަނިންގ ދާއިރާއިން ލެވެލް 3 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ލިބިފައިވުން
  • ރެފްރިޖެރޭޝަން އަދި އެއަރ ކަންޑިޝަނިންގ ދާއިރާގައި 5 އަހަރު މަސައްކަތް ކޮށްފައިވުން

މިކޯހުގެ ބައިވެރިން ހޮވޭނީ ތިރީގައިވާ މިންގަނޑުތަކަށް ބަލައިގެންނެވެ. އަދި ޕޮއިންޓް ދެވޭނީ ހުށަހަޅާފައިވާ ލިޔުމަށް އެކަނިއެވެ.

ތަޕްސީލު

ބަލާނެ ލިޔެކިޔުން

ޕޮއިންޓް

ތަޢުލީމީ ފެންވަރު: ރެފްރިޖެރޭޝަން އަދި އެއަރ ކަންޑިޝަނިންގ ދާއިރާއިން ލެވެލް 3 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ލިބިފައިވުން.

ހުށަހަޅާފައިވާ ތަޢުލީމީ ސެޓްފިކެޓް

40

ލިބިފައިވާ ތަޖުރިބާ: ރެފްރިޖެރޭޝަން އަދި އެއަރ ކަންޑިޝަނިންގ މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ – އެންމެ މަދުވެގެން 5 އަހަރު.

ގުމިހާރު ކުރަމުންދާ މަސައްކަތާއި މަސައްކަތްކުރާތަނު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

 

މަސައްކަތުގެ ތަޖުރިބާ ބަޔާން ކޮށްދޭ ލިޔުމެއް

40

ލިބިފައިވާ ތަޖުރިބާ:  ކޯލްޑް ސްޓޯރޭޖްގެ މަސައްކަތތްކުރުމުގެެ ލިބިފައިވާ ތަޖުރިބާ – (ކޮންމެ އަހަރަކަށް 2 ޕޮއިންޓް)

މިހާރު ކުރަމުންދާ މަސައްކަތާއި މަސައްކަތްކުރާތަނުގެ (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

މަސައްކަތުގެ ތަޖުރިބާ ބަޔާން ކޮށްދޭ ލިޔުމެއް

20

މުޅި ޖުމްލަ 

 

100

 

 

  1. 5.   ތަމްރީން ފުރިހަމަކުރުމަށް ފަހު

މިތަމްރީން ފުރިހަމަ ކުރުމަށްފަހު، މިނިސްޓްރީއިން ކަނޑައަޅާ ތާރިހަކުން ފެށިގެން 12 މަސް ދުވަހުގެ ތެރޭގައި، ނެޝަނަލް އޯޒޯން ޔުނިޓާއިއެކު 3-5 ތަމްރީން ސެޝަން ތަކެއް ރާވާ ހިންގުމަށް އެހީތެރިކަން ފޯރުކޮއްދޭންވާނެއެވެ.

 

  1. 6.   ހުށްހަޅަންޖެހޭ ތަކެތި

-      ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

-      ތަޢުލީމާއި މަސައްކަތް އަންގައިދޭ ލިޔެކިޔުން (ޕޮއިންޓް ދެވޭނހުށަހަޅާފައިވާ ލިޔުމަށް އެކަނި)

-      ތަޖުރިބާ އަންގައިދޭ ލިޔުންތައް

 

  1. 7.    ސުންގަޑި

ވީމާ، މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކުން  10 ސެޕްޓެމްބަރ 2025 ގެ 12:00ގެ ކުރިން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ބާޔަންކޮށްފައި ލިޔުންތައް [email protected]

ހުށަހެޅުއްވުން އެދެމެވެ.

  

  1. 8.  އިތުރު މަޢުލޫމާތު

ތަމްރީނާ ގުޅޭ އިތުރު މަޢުލޫމާތެއް ބޭނުންވާނަމަ، ތިރީގައިވާ ނަންބަރަށް ގުޅުއްވުން ނުވަތަ އީމެއިލް ކުރެއްވުން އެދެން.

ފޯން: 3018369، 3018361

އީމެއިލް: [email protected]

03 ސެޕްޓެންބަރު 2025
ހޯދާ