ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ އެކައުންޓްސް އޮފިސަރ / އެކައުންޓްސް އޮފިސަރ (ކޮންޓްރެކްޓް)

މަޤާމް :ސީނިއަރ އެކައުންޓްސް އޮފިސަރ / އެކައުންޓްސް އޮފިސަރ (ކޮންޓްރެކްޓް)
ބޭނުންވާ އަދަދު :1

މަޤާމު:

ސީނިއަރ އެކައުންޓްސް އޮފިސަރ

ބޭނުންވާ އަދަދު:

1

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ޑިޕާޓްމަންޓް:

ރެވެނިއު ސެކްޝަން

ގްރޭޑް:

07

ސްޕައިން ޕޮއިންޓް:

31

މުސާރަ:

މަހަކު 8,850.77 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 3,739.19 ރުފިޔާ

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް

ކޮންޓްރެކްޓްގެ މުއްދަތު:

05 މަހާއި 06 މަހާއި ދެމެދުގެ މުއްދަތެއް

އިނާޔަޔްތައް:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35
  • ސްޓާފް ޖިމް ފެސިލިޓީ
  • ލައިބްރަރީ މެމްބަޝިޕް

މަގާމުގެ ޝަރުތު:

  1. މަސައްކަތުގެ ދާއިރާއިން އެމް.އެން.ކިއު.އެފް ލެވެލް 7 ގެ ސެޓިފިކެޓެއް ހާސިލްކޮށްފައިވުމާއެކު 1 އަހަރު ދުވަހުގެ ތަޖުރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.

ސީނިއަރ އެކައުންޓްސް އޮފިސަރ މަޤާމަށް ޤާބިލު ފަރާތެއް ނުލިބިއްޖެނަމަ، އެކައުންޓްސް އޮފިސަރ މަޤާމަށް ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:

އެކައުންޓްސް އޮފިސަރ

ބޭނުންވާ އަދަދު:

1

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ޑިޕާޓްމަންޓް:

ރެވެނިއު ސެކްޝަން

ގްރޭޑް:

05

ސްޕައިން ޕޮއިންޓް:

25

މުސާރަ:

މަހަކު 7,372.44 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 3,159.62 ރުފިޔާ

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް

ކޮންޓްރެކްޓްގެ މުއްދަތު:

05 މަހާއި 06 މަހާއި ދެމެދުގެ މުއްދަތެއް

އިނާޔަޔްތައް:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35
  • ސްޓާފް ޖިމް ފެސިލިޓީ
  • ލައިބްރަރީ މެމްބަޝިޕް

މަގާމުގެ ޝަރުތު:

  1. އެމް.އެން.ކިއު.އެފް ލެވެލް 7 ގެ ސެރޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުން، ނުވަތަ،
  2. އެމް.އެން.ކިއު.އެފް ލެވެލް 5 ގެ ސެޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުމާއެކު 2 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  • ޔުނިވަރސިޓީގެ ސިޔާސަތުތަކާއި އެއްގޮތްވާގޮތުގެ މަތިން، ކޯސް ފީ އާއި ލިބޭ ފައިސާ ބަލައިގަތުމާއި، ބެލެހެއްޓުމާއި، ރިސިޕްޓް ތައްޔާރުކުރުމާއި އަދި ރިފަންޑު ދޫކުރުން.
  • ޔުނިވަރސިޓީއަށް ލިބޭ އާމްދަނީގެ ދުވަހު ހިސާބާއި، މަހު ހިސާބާއި އަދި އަހަރީ ހިސާބު ބަލަހައްޓައި، އާމްދަނީއާއި ގުޅޭ ރިޕޯޓްތައް ތައްޔާރުކުރުން.
  • ލިބޭ ފައިސާގެ ހިސާބުތައް ބޭންކް އެކައުންޓާއި ދިމާކޮށް މަހަކު އެއްފަހަރު ރިކަންސައިލްކުރުން.
  • އޮޑިޓަށް ބޭނުންވާ އާމްދަނީއާއި ގުޅޭ ރިޕޯޓްތައް ތައްޔާރުކުރުން.
  • ޔުނިވަރސިޓީގެ ފައިސާ ބަލައިގަންނަ ނިޒާމް ތައް (ޕަވަރ ކެމްޕަސް) ފަދަ ނިޒާމްތަކަށް އަހުލުވެރިވެ އޭގެ ތަމްރީނުތައް ފުރިހަމަކުރުން.
  • ޕަވަރކެމްޕަސް އިން ބަލައިގަންނަ ފައިސާގެ ހަފުތާ / މަސް / އަހަރީ ރިޕޯޓެއް ތައްޔާރުކުރުކޮށް ބެލެހެއްޓުން. މީގެ އިތުރަށް ސިސްޓަމުން އެހެނިހެން ރިޕޯރޓް ޖެނެރޭޓްކޮށް ބޭނުންކުރަން އެނގުން.
  • އަތޮޅުތަކުން ލިބޭ ފައިސާ ޕަވަރކެމްޕަސް އަށް އަޅައި، ސަމަރީ ޝީޓް ތައްޔާރުކުރުން.
  • ޔުނިވަރސިޓީއަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އިންވޮއިސް ތައްޔާރުކޮށް، އިންވޮއިސް ކުރެވިފައިވާ ތަންތަނަށް މުއްދަތު ހަމަވުމުން ގުޅައިގެން ފައިސާ ހޯދަން މަސައްކަތް ކުރުން.
  • ދަރިވަރުން ދައްކަން ޖެހޭ ފީ އާއި ލިބެންޖެހޭ އާމްދަނީ މޮނިޓަރކޮށް ބަލަހައްޓައި ފައިސާ ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވެރިންގެ މަޝްވަރާގެމަތިން އެޅުން.
  • އެކައުންޓަށް ޓްރާންސްފާ ކުރާ ދަރިވަރުންގެ ކޯސް ފީ ޕަވަރކެމްޕަސް އަށް އަޅައި ރިސިޕްޓް ތައްޔާރުކޮށް ދަރިވަރުންނަށް އެންގުން.
  • އެންޓްރީ ނަގައި ރެވެނިއު ސެކްޝަންގެ އެންޓްރީ އަޕްޑޭޓްކޮށް، ސިޓީތަކަށް ޖަވާބު ދިނުމާއި އެހެނިހެން ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
  • ރެވެނިއު ސެކްޝަނަށް ލިބޭ އީމެއިލްތައް ދުވަހުން ދުވަހަށް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައި އެކަން އެ ފަރާތްތަކަށް އެންގުން.
  • ސްކޮލަޝިޕް ލިބޭ ދަރިވަރުންނާއި ލޯން ލިބޭ ދަރިވަރުންނާއި މިނޫންވެސް އެކިއެކި ޚާއްޞަ އިނާޔަތް / އެހީ ލިބޭ ދަރިވަރުންގެ ކަންތައްތައް ބެލެހެއްޓުމުގައި ކަމާއި ގުޅޭ ސެކްޝަންތަކާއި ގުޅިގެން މަސައްކަތްކުރުން.
  • ފައިސާ ޖަމާކުރަން ބޭންކަށް އަށް ދިޔުން.
  • ރެވެނިއު ސެކްޝަން ހަރުދަނާ ކުރުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ފާހަގަކޮށް ވެރިންނާއި އެކަން ޙިއްޞާކޮށް، އަމަލީ ގޮތެއްގައި މިކަމުގައި ޚަރަކާތްތެރިވުން.
  • ޤަވާއިދުން ޔައުމިއްޔާ ލިޔުމާއި، ސެކްޝަނާއި އޮފީހުގައި ކުރެވޭ މުހިއްމު މަސައްކަތްތަކަށް އެހީތެރިކަންދިނުމާއި ސަލާންބުނާ މުވައްޒަފުންނާއި އަހަރީ ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް ވެރިން އަންގަވާ ގޮތެއްގެ މަތިން ކުރުން.
  • ވެރިން އަންގަވާ ގޮތެއްގެ މަތީން އޮފީހުގެ އެހެނިހެން މަސައްކަތް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2025 ސެޕްޓެންބަރު 10 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNUHR-2025-151

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮއްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި، މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް މަޤާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް. ވަކި ވަކިން ތާރީޙް ނޭގޭ ލިޔުންތައް މަސައްކަތުގެ ތަޖްރިބާ ގުނުމުގައި ބޭނުން ނުކުރެވޭނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު. ރާއްޖޭގެ އިންސްޓިޓިއުޓަކުން/ކޮލެޖަކުން ހަދާފައިވާ ރާއްޖޭއިން ބޭރުގެ ސެޓިފިކެޓްތައް ހުންނަންވާނީ އެކްރެޑިޓް ކޮށްފައެވެ.)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.

** އެޓޭޗް ކުރައްވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި ޕީ.ޑީ.އެފް" ކޮށްފައެވެ.

ސަމާލުކަމަށް:

  • ވަޒީފާއަށް ކުރިމަތިލާ ފަރާތަށް ފޮނުވަންޖެހޭ ރަސްމީ އެންމެހައި ލިޔުންތަކާއި ކުރެވޭ ރަސްމީ މުޢާމަލާތުތައް ފޮނުވޭނީ ފޯމުގައި ބަޔާންކޮށްފައިވާ އީމެއިލް އެޑްރެހަށެވެ.
  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345141 ނަންބަރު ފޯނަށެވެ.
03 ސެޕްޓެންބަރު 2025
ހޯދާ