މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މޯލްޑިވްސް އެމަރޖެންސީ މެޑިކަލް ސަރވިސަސް އިމާރާތުގައި ކުރަންހުރި މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މޯލްޑިވްސް އެމަރޖެންސީ މެޑިކަލް ސަރވިސަސް އިމާރާތުގައި ކުރަންހުރި މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް (IUL)23-PD(PMS)/23/2025/96 (29 ޖޫން 2025) ކުރި އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކުގެ އަގުތައް ބޮޑުވާތީ، މިއިޢުލާން ބާތިލްކޮށް އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 2 ސެޕްޓެމްބަރ 2025 ވާ އަންގާރަ ދުވަހުން ފެށިގެން 14 ސެޕްޓެމްބަރ  2025 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. މިއިޢުލާނާއި ގުޅިގެން ބާއްވާ ޕްރީބިޑް މީޓީން ބޭއްވުމަށް ހަމަޖެހިފައިވަނީ 16 ސެޕްޓެމްބަރ 2025 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގައި އޮރެންޖް ހިޔާ ބިލްޑިންގ ގްރައުންޑް ފްލޯރ (ހުޅުމާލެ ފޭސް-1)ގައެވެ.  އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 22 ސެޕްޓެމްބަރ 2025 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 17 ސެޕްޓެމްބަރ 2025 ވާ ބުދަ ދުވަހު ހެނދުނު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި  އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

                             10 ރަބީޢުލް ޢައްވަލު 1447ހ

02 ސެޕްޓެންބަރު 2025
ހޯދާ