ދިވެހިރާއްޖެ
މިކުންފުނީގެ (އިންޖިނިއަރިން އެންޑް ރެޕެޔާ ޑިވިޝަން) ތިލަފުށި ސައިޓުގައިވާ (ގާތްގަނޑަކަށް) 20 ޓަނުގެ ބާދަގަނޑު ޚާއްޞަ ނީލަމުގައި ވިއްކާލުމަށް ވަނީ ނިންމާފައެވެ.
ނީލަން ކިޔުން:
1- ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 3 ސެޕްޓެމްބަރ 2025 ވާ ބުދަ ދުވަހު ހެނދުނު 10:00 ފެށިގެން 7 ސެޕްޓެމްބަރ 2025 ވާ އާދިއްތަ ދުވަހު މެންދުރުފަހު 13:00 ގެ ނިޔަލަށް، މިދަންނަވާ އީމެއިލް އެޑްރެސް މެދުވެރިކޮށް ނަންނޯޓް ކުރެއްވުންއެދެމެވެ. [email protected]
2- މިތަކެތި ބެއްލެވުމަށް ބޭނުންވެ ވަޑައިގަންނަވާ ފަރާތްތަކުން 8 ސެޕްޓެމްބަރ 2025 ވާ ހޯމަ ދުވަހު މެންދުރުފަހު 14:00 އިން 16:00 އަށް އެމްޓީސީސީ ތިލަފުށި ސައިޓަށް ވަޑައިގަތުމުން ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތި ބެއްލެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމުގައި ދަންނަވަމެވެ.
3- ނީލަން ކިއުން އޮންނާނީ 10 ސެޕްޓެމްބަރ 2025 ވާ ބުދަ ދުވަހު ހެދުނު 10:00 ގައި އެމްޓީސީސީ ޓްރޭޑިންގ ޑިވިޝަން، (ހެންވޭރު ސޯމިލް، ބޮޑުތަކުރުފާނު މަގު) ގައެވެ.
4- މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް އެދޭ ފަރާތްތަކުން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 10,000/-ރ ( ދިހަހާސް ރުފިޔާ) އެމްޓީސީސީގެ ބެންކް އެކައުންޓް ނަންބަރ 001-100668-7717 އަށް 9 ސެޕްޓެމްބަރ 2025 ވާ އަންގާރަ ދުވަހު މެންދުރު 13:00 އާއި 15:00 ދެމެދު ޖަމާކުރަން ވާނެއެވެ. 15:00 ގެ ފަހުން ފޮނުވޭ އެއްވެސް ފައިސާ އެއް ބަލައި ނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ.
5- ނީލަން ކިޔާނީ ހާޟިރީންގެ ކުރިމަތީގައި އަނގަބަހުންނެވެ. އަދި ނީލަން އިތުރުކުރުމަށް ހުށަހަޅާނީވެސް ހާޟިރީންނަށް އަޑުއިވޭވަރަށް އަނގަބަހުން ނެވެ.
6- ނީލަން ފެށޭނީ ޓަނަކަށް -/1000ރ. (އެއްހާސް ރުފިޔާގެ) ރޭޓުންނެވެ.
7- ނީލަމަށް އިތުރުކުރެވޭނީ ފަހަރަކު -/2000ރ. ( ދެހާސް ރުފިޔާ) އަށް ވުރެ ކުޑަނޫން އަދަދެކެވެ.
8- ނީލަންނިމޭތާ 24 ގަޑި އިރުތެރޭގައި ނީލަން ކާމިޔާބުކުރެއްވި ފަރާތުން ފައިސާ ދައްކަވާ ޚަލާސް ކުރަން ޖެހޭނެއެވެ.
9- ނީލަންނިމޭތާ 5 ދުވަހުގެ ތެރޭގައި ބާދަގަނޑުތައް ގެންގޮސް ނިންމަންވާނެއެވެ.
10-ނީލަން ކުރިޔަށްދާނީ 20 ޓަނު ހަމަވަންދެންނެވެ.
މި ނީލަމާގުޅޭ ގޮތުން އިތުރުމަޢުލޫމާތު ހޯއްދެއްވުމަށް 1650 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއް