މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ދ.އަތޮޅު ހޮސްޕިޓަލުން ކަނޑައަޅާ ސަރަހައްދުތަކެއް ކުނިކަހާ ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް

                               އިޢުލާން

ދ.އަތޮޅު ހޮސްޕިޓަލުން ކަނޑައަޅާ ސަރަހައްދުތަކެއް ކުނިކަހާ ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)23-PD(PMS)/23/2025/166 (16 ޖޫން 2025) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކުގެ ޝަރުތު ހަމަ ނުވާތީ އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 2 ސެޕްޓެމްބަރ 2025 ވާ އަންގާރަ ދުވަހުން ފެށިގެން 14 ސެޕްޓެމްބަރ 2025 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 18 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަދި ދ.އަތޮޅު ހޮސްޕިޓަލުގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 16  ސެޕްޓެމްބަރ 2025 ވާ އަންގާރަ ދުވަހު ހެނދުނު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި  އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

                             10 ރަބީޢުލްއައްވަލް 1447

02 ސެޕްޓެންބަރު 2025
ހޯދާ