މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

    ނަންބަރ: 0436-MTCC-HRD-IU-2025

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

                މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

ޗީފް އޮފިސަރ

ވަޒިފާ އަދާކުރަންޖެހޭ ތަން:

މަހާ ޖައްރާފު

އަދަދު

01

ވަޒީފާގެ ބާވަތް

ކޮންޓްރެކްޓް – 1 އަހަރު

މުސާރައާއި ޢިނާޔަތްތައް

(މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ)       

  • 99،320ރ
  • ސްޓާފް މެޑިކަލް އިންޝުއަރެންސް
  • ޕެންޝަން ސްކީމް

ރަސްމީ މަސައްކަތު ގަޑި

ހަފްތާއަކު 6 ދުވަހު – ދުވާލަކު 08 ގަޑިއިރު

ޝަރުޠު

  • ސެޓްފިކެޓް އޮފް  ކޮމޕީޓެންސީ : އަންލިމިޓެޑް  ޓަނޭޖްގެ އުޅަނދެއްގައި ޗީފް އޮފިސަރގެ މަގާމް އަދާކޮށްފައިވުން.
  • އަންލިމިޓެޑް ޓަނޭޖްގެ އުޅަނދެއްގައި ޗީފް އޮފިސަރ މަގާމު އަދާކުރުމަށް ބެނުންވާ ސެޓްފިކެޓްތައް އެސް.ޓީ.ސީ.ޑަބްލިއު މެނީލާ 2010 ގެ މިންގަޑަށް ފުރިހަމަކޮށްފައިވުން.
  • ILO/MLC 2006 ގެ މިންގަނޑަށް ސަރޓިފިކެޓް އޮފެ މެޑިކަލް ފިޓްނެސް ލިބިފައިވުން.  
  • ޖީ.އެމް.ޑީ.އެސް.އެސް ސެޓްފިކެޓް ފުރިހަމަ ކޮށްފައިވުން.
  • ޝިޕް ސެކިއުރިޓީ އޮފިސަރ ސެޓްފިކެޓް ފުރިހަމަ ކޮށްފައިވުން.
  • "އެކްޑިސް" ސެޓްފިކެޓް ފުރިހަމަ ކޮށްފައިވުން.
  • ކޮމްޕިއުޓަރ ބޭނުންކުރުމާއި، މައިކްރޯސޮފްޓް އޮފީސް ޕެކޭޖަށް ފަރިތަވުން.
  • ކަމާބެހޭ އިކުއިޕްމަންޓާއި އިންސްޓްރުމެންޓޭޝަން ބޭނުންކުރުމަށް ފަރިތަވުން.
  • ތިލަ ފަޅުތަކުގައި ނިޔަމިކަން ކުރުމުގެ ޤާބިލްކަން ލިބިފައިވުން.
  • ބިން ހިއްކުމުގެ ޕްރޮޖެކްޓެގައި ބިންހިއްކާ އުޅަނދެއްގެ ޗީފް އޮފިސަރުކަން ކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

މިމަގާމުގެ މަސްއޫލިއްޔަތުގެ ތަފްސީލް ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/ އިން ފެންނަން ހުންނާނެއެވެ.

ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެމްޓީސީސީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް 2025 ސެޕްޓެމްބަރ 03 ވަނަ ދުވަހުގެ 15:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ.

ވެބްސައިޓް:  

 https://mtcc.mv/careers/

ފޯން: 

1650

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ ހުށަހަޅާއިރު، އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނުން) އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
  • ޝޯޓްލިސްޓް ކުރުމުގައި ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ (ހުށަހަޅާފައިވާ ލިޔެކިއުންތައް) އަށް ބަލައި ސްކޯކުރެވޭނެއެވެ. މަތީގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުންފުނިން އިންޓަވިއު އަށް ދައުވަތު ދީފައިނުވާނަމަ އެއިގެ މާނައަކީ މަޤާމަށް ޝޯޓްލިސްޓް ނުވަނީއެވެ.
  •  ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރެކޯޑެއް އޮތް ނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ވަޒީފާ ނުދިނުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.
02 ސެޕްޓެންބަރު 2025
ހޯދާ