މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

ކައުންސިލަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

މިކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް ކައުންސިލަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތައް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، ތިރީގައި ދެންނެވިފައިވާ ދުވަހު މިއިދާރާއަށް ވަޑައިގެން ބީލަން/އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. " ބީލަންހުށަހަޅާފޯމް" މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި އަގު ހުށަހަޅާ ފޯމާއެކު ބީލަން އިވެލުއޭޓްކުރުމުގައި ބޭނުންކުރާނެ އުސޫލުތައް ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.

މި ބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ ޤާނޫނު ނަމްބަރު: 2014/18 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓްގައި ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި ޤާނޫނު ނަމްބަރު: 2014/19 (އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

ބީލަމުގައި ރަޖިސްޓްރީވުން:

 ބީލަމުގައި ބައިވެރިވުމަށް 100.00ރ (ސަތޭކަ ރުފިޔާ) ގެ ނަން-ރިފަންޑެބަލް ރަޖިސްޓުރޭޝަން ފީ އެއް ދައްކަން ޖެހޭނެއެވެ. ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 02 ސެޕްޓެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 14:00 ން 10 ސެޕްޓެމްބަރ 2025 ވާ ބުދަ ދުވަހުގެ 13:00 އާއި ދެމެދު މިއިދާރާއަށް ވަޑައިގެން، ނުވަތަ ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ.

ރަޖިސްޓްރޭޝަން ލިންކް: https://forms.gle/Jnr1PquAv7UD4t8eA

މަޢުލޫމާތު ސާފުކުރުން:

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބީލަމުގެ ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް މެއިލު ކުރެވޭނެއެވެ. ބީލަމާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ އީމެއިލް ކުރައްވާނީ 11 ސެޕްޓެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މިކައުންސިލްގެ [email protected] އީމެއިލް އެޑްރެހަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6540042 ނުވަތަ 9718455 ނަންބަރާއެވެ.

ބީލަން ހުށަހެޅުން:

ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 15 ސެޕްޓެމްބަރ 2025 ވާ ހޯމަ ދުވަހުގެ 11:00 ގައި، ނޫމަރާ ކައުންސިލް އިދާރާގައެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ނުވާފަރާތްތަކުގެ ބީލަމާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތައް އަދި އީމެއިލްގެ ޒަރީއާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ ބީލަންތަކާއި ހުށަހަޅުއްވަން ޖެހޭ ލިޔުންތައް ހުށަނާޅާ ބީލަންތައް ޑިސްކޮލިފައި ކުރެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ބިޑު ހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތުގެ އައި.ޑީ ކާޑު، ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަދި ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާކޮށްފައިވާ ސިޓީއާއެކު، ބަދަލުގައި ވަޑައިގަންނަވާ ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ އަދި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާޑު ކޮޕީ ހުށަހަޅަން ވާނެއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02 ސެޕްޓެންބަރު 2025
ހޯދާ