ދިވެހިރާއްޖެ
ސިވިލް ސަރވިސްގެ އެކި ކަންކަމާ ގުޅޭގޮތުން ސިވިލް ސަރވިސްގެ އިދާރާތަކަށާއި، ސިވިލް ސަރވިސް ކޮމިޝަނަށް ސިވިލް ސަރވިސްގެ މުވައްޒަފުންނާއި ޢާންމު ރައްޔިތުން ހުށަހަޅާ ޝަކުވާތަކާއި، މައްސަލަތައް، މިއަދުން ފެށިގެން ހުށަހަޅަންޖެހޭނީ "މައިއެކައުންޓު" މެދުވެރިކޮށް، ކޮމްޕްލެއިންޓްސް ރިކުއެސްޓެއްގެ ގޮތުގައެވެ. "މައިއެކައުންޓް"ގެ ޔޫއާރުއެލް އަކީ https://myaccount.csc.gov.mv އެވެ.
ސިވިލް ސަރވިސްގެ "މައިއެކައުންޓަކީ" އީ-ފާސް މެދުވެރިކޮށް ކޮންމެ ރައްޔިތަކަށް ވެސް ވަދެވޭނެ ޕޯޓަލްއެކެވެ. އަދި "މައިއެކައުންޓް" މެދުވެރިކޮށް އިދާރާތަކަށާއި، ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހަޅާ ޝަކުވާތަކުގެ ޕްރޮގްރެސް އަދި ޖަވާބު ހުށަހަޅާ މީހަކަށް ފެންނަން ހުންނާނެއެވެ. އަދި ޖަވާބުދިނުމުން، އެސްއެމްއެސްގެ ޒަރީއާއިން އެ ކަން އެ މީހަކަށް އެންގޭނެއެވެ.
"މައިއެކައުންޓް" މެދުވެރިކޮށް ޝަކުވާތަކާއި މައްސަލަތައް ހުށަހަޅާނެގޮތް އަންގައިދޭ ޔޫޒަރ މެނުއަލް މި ސަރކިއުލަރއެކު އެއްކަރުދާސްކޮށްފައިވާނެއެވެ.