ދިވެހިރާއްޖެ
`
ތ.ގާދިއްފުށީ ޞިއްޙީމަރުކަޒު
ތ.ގާދިއްފުށި، ދިވެހިރާއްޖެ
ނަންބަރު:N9-HC/IUL/2025/04
އިޢުލާނު
ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަންކިޔުން
މިމަރުކަޒުގައި ހުރި ބައުވެ ހަލާކުވެފައިވާ ބައެއް ތަކެތި ދުވަހުގެ ނީލަމެއް ކިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަކެތި ނީލަމުގައި ބައްލަވައިގަތުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން 15 ސެޕްޓެމްބަރ 2025 ވާ ހޯމަ ދުވަހު މެންދުރު 13:00 އަށް މި މަރުކަޒަށް ވަޑައިގެން ނީލަމުގައި ބައިވެރިވެދެއްވުން އެދެމެވެ. އަދި ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން 24 ގަޑިތެރޭގައި މި އޮފީހަށް ފައިސާ ދެއްކުމަށްފަހު އެތަކެތި ގެންދަންވާނެއެވެ.
އިތުރު މައުލޫމާތު ހޯދެއްވުމަށް މިމަރުކަޒުގެ ނަންބަރ: 6780030 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
02 ސެޕްޓެމްބަރ 2025 މ.
10 ރަބީޢުލްއައްވަލް 1447 ހ.