ދިވެހިރާއްޖެ
އިޢުލާން ނަންބަރު:ASND-HCM-IUL-2025-30
މަޤާމް: އެސިސްޓެންޓް އޮފިސަރ
ޑިޕާޓްމަންޓް/ސެކްޝަން: ހިއުމަން ކެޕިޓަލް މެނޭޖްމަންޓް
ވަޒީފާ އަދާކުރަންޖެހޭ ތަން: އާސަންދަ ކޮމްޕެނީ ލިމިޓެޑް، މާލެ
މަޤާމުގެ ޝަރުތު:
- ޖީ.ސީ.އީ އޯލެވެލް ނުވަތަ އެސް.އެސް.ސީ އިމްތިޙާނުގެ 4 މާއްދާއިން "ސީ" އަށް ވުރެ މަތިން ފާސްވެފައިވުން ނުވަތަ
- ޖީ.ސީ.އީ އޭލެވެލް ނުވަތަ އެޗް.އެސް.ސީ އިމްތިޙާނުގެ 2 މާއްދާއިން "ސީ" އަށް ވުރެ މަތިން ފާސްވެފައިވުން ނުވަތަ
- ހިއުމަން ރިސޯސަސްއާއިގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- މުވައްޒަފުންގެ ރަޖިސްޓްރީތައް ބެލެހެއްޓުމާއި ޤަވަޢިދުން އަޕްޑޭޓްކޮށް ބަލަހައްޓަމުން ގެންދިއުން.
- މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމާއި، ހާޒިރީ އަޕްޓޭޑްކޮށް އެޗް.އާރް ސިސްޓަމަށް އަޕްޓޭޓް ކޮށް ރިޕޯރޓް ތަށްޔާރުކުރުމާއި ދުވަހުން ދުވަހަށް ފޮނުވަން ޖެހޭ ފަރާތް ތަކަށް ފޮނުވުން.
- މުވައްޒަފުންނަށް މުސާރަދިނުމަށްޓަކައި ބޭނުންވާ އެކިއެކި ރިޕޯޓްތަކާއި ލިޔުންތައްހޯދައި މުސާރަޝީޓް ތައްޔާރުކުރުން.
- ދުވަހުން ދުވަހަށް ބޭނުންވާ ރިޕޯޓްތަކާއި ލިޔެކިޔުންތައް ތައްޔާރުކޮށް ބެލެހެއްޓުން.
- މުވައްޒަފުންގެ ފައިލްތައް ދުވަހުން ދުވަހަށް އަޕްޑޭޓް ކޮށް ބެލެހެއްޓުން.
- މަޢުލޫމާތު ހޯދުމަށް ގުޅާ ފަރާތްތަކަށް މަޢުލޫމާތު ސާފުކޮށްދިނުން.
- މީގެ އިތުރަށް މަޤާމުގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ސުޕަރވައިޒަރުން ހަވާލުކުރާ މަސައްކަތްތައް ކުރުމާއި އެހެން މުވައްޒަފުންގެ މަސައްކަތުގައި އެހީތެރިވުމާއި ހުރިހާ މުވައްޒަފުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ބައިވެރިވުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ހިއުމަން ރިސޯސްގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ނުވަތަ ހިއުމަން ރިސޯސް ދާއިރާއިން ކިޔަވާ ފަރާތްތަކަށް އިސްކަންދެވޭނެ.
- އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން
މުސާރައާއި އިނާޔަތް:
- -/11،200.00 ރުފިޔާ
- ޚާޒިރީ އެލަވަންސް: މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/50 ރުފިޔާ
- ހަމަޖެހިފައިވާ އުސޫލުން ހެލްތް އިންޝުއަރެންސް.
ކުރިމަތިލުމުގެ ސުންގަޑި: 09 ސެޕްޓެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން
މިމަޤާމަށް ޝަރުތުހަމަވާ ފަރާތްތަކުން އާސަންދަ ކުންފުނީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.
- ޖޮބް އެޕްލިކޭޝަން ޕޯޓަލް ލިންކް: https://my.aasandha.mv/jobs/apply
ހުށަހަޅަންޖެހޭ ތަކެތި:
- ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޮޕީއެކެވެ.)
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން)
ޚާއްޞަ ސަމާލުކަމަށް:
- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު އާސަންދަ އޮފީހަށް ލިބިގެންވެއެވެ.
- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.