ސ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ސްކޫލްގައި ކެންޓީނު ހިންގާނެ ފަރާތެއް ހޯދުމަށް

ސ. އަތޮޅު މަދަރުސާގެ ޓީރޫމް މަރާމާތުކޮށް ކެންޓީނު ހިންގާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި ކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ. ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 01 ސެޕްޓެމްބަރ 2025 ން 07 ސެޕްޓެމްބަރ 2025 އާއި ދެމެދު ބަންދުނޫން ކޮންމެ ދުވަހަކު 08:00 އިން 14:00 އަށް ފޯނުން ނުވަތަ އީމެއިލް މެދުވެރިކޮށް ނަން ނޯޓުކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.

ބީލަން ހުޅުވުން އޮންނާނީ   11  ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި ސ.އަތޮޅު މަދަރުސާގެ އޮފީހުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދު ކުރެވިފައެވެ.

މި ބީލަމާއި ގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައި ވާނެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެ އެވެ. 

ސ.އަތޮޅު މަދަރުސާ                                                     

ފޯން ނަންބަރ: 7565679

އީމެއިލް އެޑްރެސް: [email protected]

01 ސެޕްޓެންބަރު 2025
ހޯދާ