ދިވެހިރާއްޖެ
އިޢުލާން
ލިޔެކިއުމުގެ ތަކެތި ގަތުމަށް ބޭނުންވެއްޖެއެވެ.
މި ބިއުރޯގެ ފަރާތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ " ހަޔަސް" ސަރވޭގެ މަސައްކަތަށް ބޭނުންވާ ލިޔެކިއުމުގެ ތަކެތި ގަންނަން ބޭނުންވެއްޖެއެވެ.
މިތަކެތި ސަޕްލައި ކޮށްދެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2025 ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައި މިދަންނަވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
ބިޑް ރަޖިސްޓްރޭޝަން ފޯމްގެ ލިންކް. bids.stats.gov.mv
ބީލަން ބަލައި ގަތުން އޮންނާނީ 2025 ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުގެ 11:00 ގައި " ދާރުލް އީމާން ބިލްޑިންގ" ގެ 8 ވަނަ ފަންގެފިލާގައެވެ. މިގަޑީގެ ފަހުން ގެންނަ ބީލަންތަށް ބަލައެއް ނުގަނެވޭނެއެވެ.
މި ބީލަމާއިބެހޭ މަޢުލޫމާތު ކަރުދާސް މި އިއުލާންއާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މަތީގައި ދެންނެވިފައިވާ ބިޑްޕޯޓަލްއިންވެސް ލިބެންހުންނާނެއެވެ.
މި ބީލަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތެއް އޮޅުންފިލުއްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ މި ބިއުރޯގެ ފޯން ނަންބަރު. 3008400 އަށް ގުޅުއްވުން އެދެމެވެ.
9 ރަބީޢުލްއައްވަލް 1447
1 ސެޕްޓެމްބަރު 2025