ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެތްލެޓިކްސް ކުރިއަށްދާ ދުވަސްތަކުގައި އެސަރަޙައްދުގައި ފުޑްސްޓޯލް ބެހެއްޓުމާއި ގުޅޭ
- އެތްލެޓިކްސް ކުރިއަށްދާ ދުވަސްތަކުގައި އެސަރަޙައްދުގައި ފުޑްސްޓޯލް ބެހެއްޓުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 02 ސެޕްޓެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 03 ސެޕްޓެމްބަރ 2025 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 06 ސެޕްޓެމްބަރ 2025 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 11:00 ގައި ފުވައްމުލައް ސިޓީ ކައުންސިލްގެ އިދާރާގެ އަސުރުމާ މާލަމް (އަތޮޅުގެ މީޓިންގ ރޫމް) ގައެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފުވައްމުލައް ސިޓީ ކައުންސިލް،
ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.
ފޯން: 6862823، 6862812
އީމެއިލް: [email protected]
01 ސެޕްޓެންބަރު 2025
ހޯދާ