ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސ. ހިތަދޫ ކެމްޕަހުގެ ނީލަމުގައި ބައިވެރިވުމުގެ ދައުވަތު

ނީލަމުގައި ބައިވެރިވުމުގެ ދަޢުވަތު

  1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ހިތަދޫ ކެމްޕަހުގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުމަށް ބޭނުންވެއެވެ.
  2. ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
  3. މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 08 ސެޕްޓެންބަރ 2025 ވާ  ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް ހިތަދޫ ކެމްޕަހުގެ ކޮމަން ރޫމް (ބީ ބްލޮކް) ޙާޟިރުވުން އެދެމެވެ.
  4. ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، 08 ސެޕްޓެންބަރ 2025 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 އަށް ހިތަދޫ ކެމްޕަހުގެ ކޮމަން ރޫމް (ބީ ބްލޮކް) ޙާޟިރުވުން އެދެމެވެ.
  5. ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، އެތަކެތި ހަވާލުކުރެވޭނީ ނީލަމުން ނެންގެވި ތަކެތީގެ އަގު ސަރުކާރު ބަންދުނޫން 03 (ތިނެއް) ދުވަހުގެ ތެރޭގައި ކެމްޕަހުގެ ބަޖެޓު ސެކްޝަނަށް ދައްކައި ހަލާސްކުރުމުންނެވެ. އަދި ފައިސާ ދައްކާތާ 05 ގަޑިއިރުތެރޭގައި އެތަކެތި ގެންގޮސް ނިންމަންވާނެއެވެ.
  6. ނީލަން ކިޔުނު ތަކެތީގެ ފައިސާ ކެމްޕަހަށް ދެއްކުމަށްފަހު، ލަސްވެގެން 5 ދުވަހުގެ ތެރޭގައި ތަކެތި ގެންދަން ވާނެއެވެ. މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުރި ތަކެތި އަލުން ނީލަމުގައި ވިއްކާލެވޭނެއެވެ.
  7. މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

 

ނީލަމާގުޅޭ އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ؛

ހިތަދޫ ކެމްޕަސް

އިދާރީ ސެކްޝަން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ސ.ހިތަދޫ ކެމްޕަސް

ފޯން: 3345242

އީ-މެއިލް: [email protected]

01 ސެޕްޓެންބަރު 2025
ހޯދާ