ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫ ކައުންސިލްގެ ފުޓްބޯޅަ މުބާރަތް 2025 ހިންގައިދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ

އިޢުލާން       

ހަނިމާދޫ ކައުންސިލްގެ ފުޓްބޯޅަ މުބާރަތް 2025 ހިންގައިދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ. 

               މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ހަނިމާދޫ ކައުންސިލްގެ ފުޓްބޯޅަ މުބާރާތް 2025 ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

               ވީމާ، މި ކަމަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ޝައުޤުވެރިވެލައްވާ  ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށައެޅުއްވުންއެދެމެވެ.

ތަފްސީލު

ތާރީޙް

ގަޑި

މަޢުލޫމާތު ސާފުކުރުން

 10 ސެޕްޓެމްބަރ 2025 (ބުދަ)

ހެނދުނު 11:30 / ހދ ހަނިމާދޫ ކައުންސިލް އިދާރާގެ ޖަލްސާ މާލަމް

އަންދާސީ ހިސާބު ހުށައެޅުން އަދި ހުޅުވުން

 22 ސެޕްޓެމްބަރ 2025 (ހޯމަ)

ހެނދުނު 11:00 / ހދ ހަނިމާދޫ ކައުންސިލް އިދާރާގެ ޖަލްސާ މާލަމް

އަންދާސީ ހިސާބު ހުށައެޅުއްވުމަށް ވަޑައިގަންނަވާ ކޮންމެ ފަރާތަކުންވެސް ހުށައެޅުއްވޭނީ 1 (އެކެއް) އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށައެޅުއްވުން އޮންނާނީ ހަނިމާދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައިއެވެ. އަންދާސީ ހިސާބު ހުށައެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މިބީލަމުގައި މަޢުލޫމާތު ސާފުކޮށް ރަޖިސްޓަރީވި ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށައެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ.

             ވިމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 ސެޕްޓެންބަރު 2025
ހޯދާ