ދިވެހިރާއްޖެ
މި އޮފީހުގައި ހުރި ބައުވެ ގިނަދުވަސްވެފައިވާ ބައެއް ހަރުމުދާ ނީލަން ކިޔުމާގުޅޭ
މި އިދާރާގައި ހުރި ބައުވެފައިވާ ތަކެތި ނީލަން ކިއުމަށް ކުރެވުނު ނަންބަރު 45 / 2025 / އައި.ޔޫ / އޭ - 57 އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، އެ ތަކެތި ނީލަމުގައި ވިއްކާލުމަށް އަލުން އިޢުލާންކުރަމެވެ.
ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ ދުވަހު ނީލަމުގެ އުޞޫލުންނެވެ. ނީލަމުގައި ހިމެނޭތަކެތީގެ މަޢުލޫމާތާއި އިތުރު ތަފްސީލް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ނީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން |
ނީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރައްވާނީ މަތީގައިވާ ލިންކް މެދުވެރިކޮށް، 10 ސެޕްޓެންބަރު 2025 ވާ ބުދަ ދުވަހުގެ 23:59 ގެ ކުރިންނެވެ. |
ނީލަން ކިޔުން |
13 ސެޕްޓެންބަރު 2025 ވާ ހޮނިހިރު ދުވަހުގެ 11:00 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި
ނޯޓް: ނީލަމުގައި ބައިވެރިވެވޭނީ، ނީލަމުގައި ބައިވެރިވުމަށް އެދި ރަޖިސްޓްރީކުރާ ފަރާތްތަކަށް އެކަންޏެވެ. އަދި މި ނީލަމުގައި ބައިވެރިވުމަށް ހާޒިރުވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެނައުން އެދެމެވެ. |
ނީލަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުން |
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 3319944 ނުވަތަ އީމެއިލް [email protected] އަށް |
ނީލަން ކާމިޔާބުކުރާ ފަރާތް |
ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބުކުރާ ފަރާތުން ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފައިނޭންސް ގެ ބަޑޭރި ޕޯރޓަލް https:/bandeyripay.finance.gov.mv އަށް ދެއްކުމަށްފަހު، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެތަކެތި ގެންދަން ވާނެއެވެ. |