މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ި ގޯއްޗަށް އެދި ހުށައަޅުއްވާ ފޯމް ބަލައިގަތުމަށް ކަނޑައަޅާފައިވާ މުއްދަތު އިތުރުކުރުމާއި ގުޅޭ

ކާށިދޫ އިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ކުރެވިފައިވާ އިޢުލާން ނަންބަރު: (IUL)330-B/330/2025/51 ގައި  ގޯއްޗަށް އެދި ހުށައަޅުއްވާ ފޯމް ބަލައިގަތުމަށް ކަނޑައަޅާފައިވާ މުއްދަތު ވަނީ އިތުރުކުރެވިފައެވެ. މިގޮތުން ގޯއްޗަށް އެދި ހުށައަޅުއްވާ ފޯމް ބަލައިގަތުމުގެ މުއްދަތު ވަނީ 08 ސެޕްޓެމްބަރ 2025ގެ ނިޔަލަށް އިތުރު ކުރެވިފައެވެ. ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެދުނު 09:00އިން 12:00 އަދި ރޭގަނޑު 20:00އިން 22:00 އަށެވެ. ގޯތި ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހަމައެކަނި މާލެއަތޮޅު ކާށިދޫ ކައުންސިލް އިދާރާއިންނެވެ. ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ކައުންސިލް އިދާރާގެ މީޓިންރޫމްގައެވެ.             

  ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

27 އޮގަސްޓް 2025
ހޯދާ