ދިވެހިރާއްޖެ
މާލެއަތޮޅު ހުރާ މެޖިސްޓްރޭޓް ކޯޓް
ކ.ހުރާ
ދިވެހިރާއްޖެ
ނަމްބަރު: H5C-A/2025/3
އިޢުލާން
ކޭޓަރިން ޚިދުމަތް ދޭނެ ފަރާތެއް ހޯދުން
2025 ސެޕްޓެމްބަރ 28 ން 2025 އޮކްޓޯބަރ 02 ށް ކ.ހުރާގައި ބޭޢްވުމަށް ހަމަޖެހިފައިވާ އާއިލީ އިޖުރާޢަތުގެ ޓްރެއިނިންގ ޕްރޮގްރާމުގެ ކޭޓަރިން ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިޚިދުމަތް ދެއްވަން ބޭނުންވާ ފަރާތްތަކުން 2025 ސެޕްޓެމްބަރ 03 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް ކ.ހުރާ މެޖިސްޓްރޭޓް ކޯޓަށް ދުރުވެ މަޢުލޫމާތު ސާކުރެއްވުމަށްފަހު، 2025 ސެޕްޓެމްބަރ 08 ވާ ހޯމަ ދުވަހުގެ 13:00 އަށް ކ.ހުރާ މެޖިސްޓްރޭޓް ކޯޓަށް ދުރުވެ، އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. އަދި ކޯޓަށް ދުރުވަން އުޒުރުވެރިވެލައްވާ ފަރާތްތުން 2025 ސެޕްޓެމްބަރ 08 ވާ ހޯމަ ދުވަހުގެ 13:00އަށް މިކޯޓްގެ އީމެއިލް [email protected] އަށް މެއިލް ކޮށްދެއްވުމުން އެސްޓީމޭޓް ބަލައި ގަނެވޭނެ ކަމުގައި ދެންނެވީމެވެ.
މިއިޢުލާނާ ގުޅިގެން އެސްޓިމޭޓް ހުށަހެޅުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް ކަމުގައި ދެންނެވީމެވެ.
ނޯޓް: މައުލޫމާތު ސާފު ކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުންނާއި ގަޑިއަށް އެސްޓިމޭޓް ހުށަނާޅުއްވާ ފަރާތްތަކުގެ އެސްޓިމޭޓް ބަލައި ނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6640342 / 6640274 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
08 ރަބީޢުއައްވަލް 1447
31 އޯގަސްޓް 2025