ދިވެހިރާއްޖެ
ރިނބުދޫ ސްކޫލް
ދ. ރިނބުދޫ، ދިވެހިރާއްޖެ
(IUL)GS-172/2025/12 :އިޢުލާނު ނަމްބަރު
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ރިނބުދޫ ސްކޫލަށް ވިއްސާރައިގެ ސަބަބުން ލިބިފައިވާ ގެއްލުންތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ:
1. މިސްކޫލްގެ ފެން ހަންތަކާއި ދިޔަދޮވި އަދި ފެނުގެ ނިޒާމާއި ގުޅުންހުރި މަސައްކަތައް އަމިއްލަތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.ވީމާ، މި ކަމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
2. މި ބީލަންމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 02 ސެޕްޓެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 12:00 ގެ ނިޔަލަށް، ނަން ނޯޓް ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށް އެކަންޏެވެ.
ނަންނޯޓްކުރުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި 7952917 ފޯނާއެވެ. ނުވަތަ ސްކޫލްގެ އީމެއިލް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
3. މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 07 ސެޕްޓެމްބަރ 2025 ވާ އާދީއްތަ ދުވަހުގެ 11:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
4. މަސައްކަތާއި ގުޅޭ ބީލަންފޮތް ގެޒެޓްކުރެވިފައިވާނެއެވެ. އަދި މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 07 ސެޕްޓެމްބަރ 2025 ވާ އާދީއްތަ ދުވަހުގެ 11:30 ރިނބުދޫ ސްކޫލްގައެވެ.
5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 11 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި ރިނބުދޫ ސްކޫލްގައެވެ.
6. މި މަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- ރިނބުދޫ ސްކޫލް
- ދ. ރިނބުދޫ
- އީ-މެއިލް: [email protected]
19 ރަބީޢުލްއައްވަލް 1447
31 އޮގަސްޓް 2025