ދިވެހިރާއްޖެ
ކީ ސްޓޭޖް 3 ނިންމާ ދަރިވަރުންނަށް ކުރިއަށް ގެންދާ ނެޝަނަލް އެސެސްމަންޓް އޮފް ލަރނިން އައުޓްކަމްސް (ނާލޯ)ގެ އިސްލާމް އަދި ދިވެހި މާއްދާގެ ޖަވާބު ކަރުދާސްތަކުގެ ޑާޓަރ އެންޓަރކުރުމުގެ މަސައްކަތްކޮށްދޭނެ ކްލެރިކަލް މުވައްޒަފުން ބޭނުންވެއެވެ. ވީމާ، މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމަށް ޢާންމުކޮށް އިޢުލާންކުރީމެވެ.
ބޭނުންވާ އަދަދު |
މަސައްކަތް |
މަސައްކަތްކުރަންޖެހޭ މުއްދަތު |
6 |
ޖަވާބު ކަރުދާސްތަކުގެ ޖަވާބުތައް (އެމްސީކިޔުގެ) ޝީޓަށް އެޅުން |
14 ސެޕްޓެންބަރ 2025 އިން ފެށިގެން 1 މަސް ދުވަސް (8:00ން 14:00އަށް) |
ޝަރުޠު |
|
މާކުސް ލިބޭނެ ގޮތް |
ގްރޭޑް 10 ނިންމާފައިވުން ނުވަތަ ނާލޯ ޑާޓާ އެންޓްރީގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. – 20 އިންޓަވިއު – 20 ޓައިޕްކުރުމުގެ ސްޕީޑް – 10 |
މަސްއޫލިއްޔަތު |
1- ކޮލިޓީ އެޝުއަރަންސް ޑިޕާޓްމަންޓުގެ ފަންނީ މުވައްޒަފުންގެ ލަފަޔާއި އިރުޝާދުގެ ދަށުން، ތެދުވެރިކަމާ، އިންސާފުވެރިކަމާއެކު ޑާޓާ އެންޓަރކުރުމުގެ އެންމެހައި މަސައްކަތްތައްކުރުން. 2- ނާލޯގައި ބައިވެރިވި ދަރިވަރުންނާއި ޑާޓާ އެންޓަރކުރުމުގެ މަސައްކަތުގައި ޝާމިލްވާ އެންމެހައި ފަރާތްތަކުގެ ޙައްޤުތައް ހިމާޔަތްކުރުން. 3- ޑާޓާ އެންޓަރކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން އެއްބަސްވުމުގައި ސޮއިކުރުން. 4- އެންޓަރކުރަން ޙަވާލުކުރާ ޖަވާބު ކަރުދާސްތައް އެންޓަރކުރުން. 5- ޙާޟިރުވާ ކޮންމެ ދުވަހެއްގެ ޙާޟިރީގައި ސޮއިކޮށް، ޙާޟިރުވި ގަޑި ނޯޓުކުރުން. 6- އެންޓަރކުރަން ޙަވާލުކުރާ ހުރިހާ ޖަވާބު ކަރުދާސްތައް އެންޓަރކުރެވުނުކަން ކަށަވަރުކުރުން. 7- އެންޓަރކުރަން ޙަވާލުކުރާ ޖަވާބު ކަރުދާސްތަކުގެ ތެރޭގައި އެ ވަގުތަކު އެންޓަރކުރަމުންދާ ކަރުދާސް ނޫން ޖަވާބު ކަރުދާހެއް އޮވެއްޖެނަމަ ނުވަތަ އެހެން މާއްދާއެއްގެ ޖަވާބު ކަރުދާހެއް އޮވެއްޖެނަމަ، މަސައްކަތާ އިސްވެ ހަވާލުވެ ހުރި ފަރާތުގެ ސަމާލުކަމަށް ގެނައުން. |
އުޖޫރަ: |
-/5000ރ (ފަސް ހާސް ރުފިޔާ) |
ހުށަހަޅަންޖެހޭ ތަކެތި: |
|
ސުންގަޑި: |
2025 ސެޕްޓެންބަރ 7 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން |
އެދެންވީ ގޮތް: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ތިރީގައިވާ އީމެއިލް މެދުވެރިކޮށެވެ.
|