ދިވެހިރާއްޖެ
ނިކަގަސް ކެނޑުމާގުޅޭ
މިކައުންސިލްގެ ނަންބަރު: (IUL)272/272/2025/128 (20 އޮގަސްޓް 2025) އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.
ޤަވާއިދު ނަންބަރު: 2023/R-158 (ދަޢުލަތުގެ މާލިއްޔަތު ޤަވާއިދު) 10 ވަނަ ބާބުގެ 10.38 ވަނަ މާއްދާގެ "ވ" ގައި ބަޔާންކޮށްފައިވާ ގޮތުގައި "ބީލަމަކާ ގުޅޭގޮތުން ބާއްވާ ޕްރީ-ބިޑް ބައްދަލުވުމާއި، ސައިޓްވިޒިޓުގެ މަޢުލޫމާތު، ބީލަމަށް ދޫކުރެވޭ ބީލަންފޮތުގައި ނުވަތަ މަޢުލޫމާތުދޭ ކަރުދާހުގައި ނުވަތަ ބީލަމަށް އާންމުކޮށް ކުރެވޭ އިޢުލާނުގައި އޮންނަންވާނެއެވެ. ބީލަމުގައި ބައިވެރިވާ ފަރާތްތަކުން ޕްރީ-ބިޑް ބައްދަލުވުމަށް ނުވަތަ ސައިޓްވިޒިޓާށް ދިޔުން ކޮންމެހެން ލާޒިމެއް ނޫނެވެ."
މިމާއްދާއާ ގުޅިގެން މަތީގައި ބަޔާންކުރެވިފައިވާ އިޢުލާނުގައިވާ ބިޑް ޙުށަހެޅުމުގެ ފުރުޞަތު ހަނިކުރެވިފައިވާތީވެ، މަޢުލޫމާތު ސެޝަނަށް ވަޑައިނުގަންނަ ފަރާތްތަކަށްވެސް، ބިޑް ހުށަހެޅުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، ބިޑް ޙުށަހެޅުން 02 ސެޕްޓެންބަރު 2025 ވާ އަންގާރަ ދުވަހުގެ 11:00 ށް ލަސްކުރެވިފައިވާ ވާހަކަ މަޢުލޫމާތައްޓަކައި ދަންނަވަމެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް 6540042 ށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރުމަށް ދަންނަވަމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.