ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
ކޮންޓްރެކްޓް އުސޫލުން 04 އޮކްޓޯބަރ 2025 އިން 03 އޮކްޓޯބަރ 2026 އަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު: GS04/IU/2025/22 އާއިގުޅިގެން މައުލޫމާތު ސާފުކުރަން ހާޒިރުވެފައިވަނީ ދެފަރާތުން ކަމަށްވާތީވެ، މިމަސައްކަތަށް ދެވަނަފަހަރަށް އިއުލާން ކުރަމެވެ. މިމަސައްކަތް ކުރެއްވުމަށް އެދި ހުށަހެޅުއްވޭނީ، ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށާއި، ޖަމްއިއްޔާތަކަށެވެ.
މިބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމާއި ބީލަމުގައި ރަޖިސްޓްރީ ކުރުން އޮންނާނީ 03 ސެޕްޓެމްބަރ 2025 ވާ ބުދަ ދުވަހު މެންދުރު 01:00 ގައި ސްކޫލް އޮފީހުގައެވެ.
މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރި ނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގައި ބައިވެރި ނުވެވޭނެ ކަމުގައި ދެންނަވަމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށާއި ބީލަށް ހުށަހެޅުއްވުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، ބީލަށް ހުށަހަޅާ ފަރާތުގެ ސިޓީއަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ބަދަލުގައި އަންނަ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ ހުށަހަޅަންވާނެއެވެ.
ބިޑް ހުޅުވުން އޮންނާނީ 09 ސެޕްޓެމްބަރ 2025 ވާ އަންގާރަ ދުވަހު ހެނދުނު 11:00 ގައި ސްކޫލް އޮފީހުގައެވެ.
އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބޭނެއެވެ.
ތ.އަތޮޅު ތައުލީމާ މަރުކަޒު
ތ.ތިމަރަފުށި، ދިވެހިރާއްޖެ
ފޯން: 6780015
އީ-މެއިލް: [email protected]