ދިވެހިރާއްޖެ
ބަންޑާރަ ގޯތިދޫކުރުން 2025
2025ވަނަ އަހަރު ބަންޑާރަގޯތި ދޫކުރުމަށް ކުރެވުނު އިޢުލާނާގުޅިގެން ފޯރމް ހުށަހެޅިފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ފައިނަލްޝީޓް މިއިޢުލާނާއެކު ޢާންމު ކުރަމެވެ. މިލިސްޓްގައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން މާރކްސްލިބުނު 75 ފަރާތާ ގޯތިޙަވާލުކުރުމަށާއި ޤުރުޢަތު ލުމަށް ބާއްވާ ރަސްމިއްޔާތު އޮންނާނީ 04 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 20:30 ގައި ސްކޫލް ހޯލުގައި އޮންނާނެއެވެ. މިދެންނެވި ބައްދަލުވުމުގައި ގޯތި ލިބޭ ފަރާތްތަކުން ބައިވެރިވެލެއްވުންއެދި ދަޢުވަތު އަރުވަމެވެ. ބަދަލުގައި މީހަކު ފޮނުވާނަނަމަ އެކަން ސިޓީއަކުން މިކައުންސިލަށް އަންގަވައިދެއްވުން އެދެމެވެ. ޤުރުއަތުލުމުގެ ރަސްމިއްޔާތަށް ހާޒިރުނުވާ ފަރާތްތަކުގެ ޤުރުއަތުނަގާނީ މިކައުންސިލްގެ ފަރާތުންނެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.